އޭދަފުށީ އަލަމާގޭ ޚާލިދާމުހައްމަދު ނިޔާވެއްޖެ

male-old-friday-mosque02.jpg

އޭދަފުށި ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނަވަނިކޮށް ޒުވާންއުމުރުގައި ނިޔާވެފައިވާ އޭދަފުށީ އަލަމާގޭ ޔޫސުފް ސިދްގީގެ ހުވަފަތް އަނބިކަނބަލުން ޚާލިދާމުހައްމަދު ރޭގެ އިރާކޮޅު ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފިއެވެ.

ޚާލިދާ ނިޔާ ވެފައިވަނީ މުސްކުޅި ބަލީގައި ގިނަދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ބ. އަތޮޅު ހޮސްޕިޓަލު ގައިވެސް ދުވަސްކޮޅަކު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ސިދްގީ ނިޔާވެފައިވަނީ އެދެމަފިރިންގެ އެންމެ ޒުވާން އުމުރުގައިކަމަށްވީނަމަވެސް ޚާލިދާ އޭގެ ފަހުން ކައިވެންޏެއް ނުކުރައްވައެވެ.

އެދެކަނބަލުންގެ ކައިވެންޏަށް ފަސްކުދިން ލިބިފައިވާ އިރު މިވަގުތު ދުނިޔޭގާ ތިއްބެވީ ތިން އަންހެންކަނބަލުންގެ އިތުރަށް އޭދަފުށީގެ ތަރައްގީގައި މުހިއްމު ރޯލެއް އަދާ ކުރައްވަމުން ގެންދަވާ ” ފޭލި” ޖަމްއިއްޔާގެ މުވައްސިސެއް ކަމުގައިވާ މުހައްމަދު ނިޒާމެވެ.

މަރްހޫމާ ޚާލިދާގެ މައްޗަށް ކުރެވޭ ކަށުނަމާދުގައި ބައިވެރިވުމަށް ވީހާ ގިނަބަޔަކު ބައިވެރިވުމަށް އާއިލާއިން އެދިވަޑައިގަންނަވައެވެ. ކަށުނަމާދު ކުރުން އަޮންނާނީ މިއަދު މެންދުރުނަމާދަށް ފަހު އޭދަފުށި ބޮޑުމިސްކިތުގައެވެ.

އީވީގެ ފަރާތުން އެކުވެރި ނިޒާމަށާއި މުޅި އާއިލާއަށް ތައުޒިޔާ ދަންނަވާ ހިނދު މަރްހޫމާ ޚާލިދާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top