ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ދޫކުރަން ފަށައިފި

DSCN6889-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް--އީވީ ފައިލް ފޮޓޯ

އަންނަ އަހަރުގެ ދީރާސީ އަހަރު ދަރިވަރުންނަށް ބޭނުންވާ ޓެކްސްތް ފޮތްތައް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ދޫކުރަން ފަށައިފިއެވެ. އެގޮތުން މިހާރު މާލޭގެ ބައެއް ސްކޫލްތަކަށް މި ފޮތްތައްވަނީ ހަވާލު ކޮށްފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކުރެއެވެ.

މާލޭގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތެރޭގެ ސްކޫލްތަކަށްވެސް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ. އެގޮތުން އެކި ރަށްރަށުގެ 57 ސްކޫލަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މިހާރު ފޮނުވާ ނިމިފައިވާ ކަމަށާ ވަރަށް އަވަހަށް ހުރިހާ ސްކޫލްތަކަށްވެސް ފޮތްތައް ފޮނުވާ ނިމޭނެކަމަށް އެމިނިސްޓްރީން ބުނެ އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އެސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް މިހާރު ހުރީ ދޯންޏަށް އެރުވުމުގެ މަރުހަލާގައި ކަމަށާ އުއްމީދުކުރަނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފޮތްތައް ލިބޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މިއަހަރުގެ ދިރާސީ އަހަރު ނިމުމުގެ ކުރިން އަންނަ އަހަރުގެ ޓެކްސްޓް ފޮތްތައް ދަރިވަރުންނަށް ބަހާ ނިމޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top