ކަމަދޫ ކައުންސިލުގެ ރޯދަހަދިޔާއަކީ މަސްދަޅާއި އަލަނާސިދަޅު

kamadhoo-council.jpg

ކަމަދޫ ކައުންސިލް

ކަމަދޫ ކައުންސިލުން މިއަހަރު ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއަކީ މަސްދަޅާއި އަލަނާސި ދަޅު ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

އެގޮތުން މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި ހަތް އަހަރުފުރިފައިވާ ކަމަދޫ ކޮންމެ ރައްޔިތަކަށް ހަތް މަސްދަޅާއި ހަތް އަލަނާސި ދަޅު ދޭން ކަމަދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

ކަމަދޫ ކައުންސިލުން ބުނީ ރޯދަމަސް ފެށުމުގެ ކުރިން މި ހަދިޔާ ރަށުގެ ހުރިހާ ފަރާތްތަކަށްވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި ރޯދަމަސް އައުމުގެ ކުރިން ހުރިހާ ރައްޔިތުންނަށް މިހަދިޔާ ފޯރުކޮށްދެވޭނެ ކަމަށެވެ.

ރޯދަމަހާ ދިމާކޮށް ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނަށް މި ބާވަތުގެ އެހީތަކުގެ އިތުރުން ކަރަންޓުބިލް ދައްކައިދިނުން ފަދަ ބޮޑެތި އެހީތައް ވަމުން އަންނައިރު އޭދަފުށީ ކައުންސިލުން މި ފަދަ އެހީތެރިކަމެއް ވޭތިވި އަހަރުތަކުގައިވެސް ފޯރުކޮށްދެވިފައި ނުވާ ކަން ރައްޔިތުން ފާހަގަ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top