އޭދަފުށީ މަގުތައް ހެދުމަށް ބޭނުންވާ ބައެއް ސާމާނުގެނެސް މަސައްކަތް ފަށަނީ

viber_image_2019-10-31_15-08-29.jpg

އޭދަފުށީގެ މަގުހެދުމުގެ މަސައްކަތަށް މިއަދު އޭދަފުއްޓަށްގެނައި ހޮޅިތައް ބަނދަރަށް ބާލަނީ. މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އޭދަފުށީ ކައުންސިލުން ބުނޭ / ފޮޓޯ: އޭދަފުށި ވޮއިސް

އޭދަފުށީގައި ތާރުއަޅައިގެން ތަރައްގީކުރަން ހަމަޖެހިފައިވާ މަގުތަކުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު މިއަދު އޭދަފުއްޓަށް ގެނެސްފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިއަދު އެމްޓީސީސީން އޭދަފުއްޓަށް ގެނައީ މަގުތަކުގެ ޑިޒައިނަށް ފަހުން ގެނައި ބަދަލާއެކު އިތުރުކުރެވޭ ފެންހިންދާއަށް އަޅާ އެސްލޯނު ހޮޅިއާއި، ބައެއް އެހެން ސާމާނު ކަމަށެވެ. ކައުންސިލްގެ އިސްއޮފިޝަލަކު އެމްޓީސީސީއާ ހަވާލާދީ އީވީއަށް ވިދާޅުވީ ކުރިން ހައުސިން މިނިސްޓްރީއިން ބެލެހެއްޓި ސައިޓްގައި ހުރި ހެވީ ވެހިކަލްތަކާއި، އެހެނިހެން ސާމާނުތައްވެސް އިއްޔެ އެމްޓީސީސީ އާއި ހަވާލުކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

“މަގުތަކުގައި ވަޅުލާ ފެންހިންދާ ތަކަށް އަޅާ ހޮޅި ހިފައިގެން ބޮޑު ބޯޓެއް މިއަދު މިއައީ، އަނެއްކާ ސައިޓްގައި ހުރި ހައިމާކްތަކާ، ހިލައާ، ވެލިވެސް އިއްޔެ އެމްޓީސީސީއާ ވަނީ ހަވާލުވެފައި. އެހެންވީމާ ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނޭ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަމުން މިދަނީ” އޮފިޝަލް ވިދާޅުވިއެވެ

2015ވަނަ އަހަރު އެމްއާރުޑީސީއާއި ހަވާލުކުރި އޭދަފުށިގެ 19 މަގުހެދުމުގެ މަސައްކަތް އެންމެ ރަނގަޅު ސްޕީޑުގައި ކުރިޔަށް ނުގޮސް 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު އޮތީ ހުއްޓިފައެވެ. އޭރު ވަނީ ޕޭމަންޓް ހަދައި ބައެއް މަގުތަކުގައި ތާރު އެޅުމުގެ ކުރިން އަޅާ ކޮންކްރީޓް ލޭޔަރުވެސް އަޅާފައެވެ. ތާރު އަޅަން ފެށުމުގެ ތައްޔާރީ ތަކާއެކު ތާރާއި އެމަސައްކަތަށް ބޭނުންވާ ވެހިކަލްތައް ވެސް އޭދަފުއްޓަށް ގެނައެވެ.

މިމަސައްކަތް ނިންމުމަށް އެމްޓީސީސީއާއި ސަރުކާރުން ހަވާލުކުރީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. ނަމަވެސް މިދިޔަ ހަމަސްދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދިޔަ ކަން އެނގޭކަށްނެތެވެ. އެމްޓީސީސީން ބުނަމުން އައީ މަސައްކަތް ނުފެށި ލަސްވަނީ ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ބޭރުން ލިބުން ލަސްވެގެން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top