ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބ. އަތޮޅުން ބައިވެރިވީ ތިން ޓީމް

13226819_612190602282386_1039899923158117454_n-800x533-800x533.jpg

އައިލެންޑް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މި އަހަރު ހޯދި ހިތާދޫ ޓީމް

ފުޓްްސަލް ކުރިއެރުވުމުގެ މަގްސަދުގައި މި އަހަރު އަލަށް ރަޖިސްޓްރީ ކޮށްފައިވާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތުގައި ބ. އަތޮޅުން ތިން  ޓީމް ބައިވެރިވެއްޖެއެވެ. ބ. އަތޮޅުން ޓީމްތައް ބައިވެރިކޮށްފައިވަނީ ހިތާދޫ އާއި ތުޅާދޫގެ އިތުރުން ކަމަދޫންނެވެ.

މި މަހުގެ 17ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާ ބެހޭގޮތުން އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ ،ރާއްޖޭގެ ހުރިހާ ރަށަކަށާއި މާލޭ ސިޓީއަށްވެސް މި މުބާރާތަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން އެއް ޓީމަށް އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި މާލޭގެ ކޮންމެ އަވަށަކުން ޓީމުތަކަށް ބައިވެރިވޭނެ ގޮތަށް ބާއްވާ މި މުބާރާތުގެ ފުރަތަމަ ބުރުގައި އަތޮޅު ޗެމްޕިއަނުން ހޮވާއިރު، މާލޭގެ ކޮންމެ އަވަށަކުން ޗެމްޕިއަނެއް ހޮވާނެ އެވެ. އޭގެ ފަހުން ކޮންމެ ތިން އަތޮޅެއްގެ މެދުގައި ބުރެއް ކުޅެ ޒޯން ޗެމްޕިއަން އަދި މާލޭގެ ކޮންމެ ކޮންމެ އަވަށެއްގެ މެދުގައި ކުޅެ މާލޭގެ ޗެމްޕިއަނުން ހޮވާނެ އެވެ.

“މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް. މުބާރާތް ކުރިއަށްދާނީ އަށް ޒޯނަކަށް ބަހާލައިގެން. ކޮންމެ ތިން އަތޮޅަކީ އެއް ޒޯން. މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރިވެވޭނީ އެއްޓީމް. އެކަމަކު މާލެ ސިޓީއާއި ފުވައްމުލަކު ސިޓީއިން، އެސިޓީއެއްގެ ކޮންމެ އަވަށަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެ.” ރިލްވާން ވިދާޅުވި އެވެ.

މާފަންނު ވިލީފުލުސް ކުރިމަތީގައި އޮންނަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތތުގެ  ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ 15000 ރުފިޔާ އެވެ. އަދި މިމުބާރާތުގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ ސޮނީ ސްޕޯޓްސް އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top