ސަލީމްގެ ބަހުގެ ހަމަލާތައް އަނެއްކާވެސް ސަރުކާރަށް.

DSCN0597.jpg

ކާޑުގެ ބާވަތްތަައް ކުރިން އެންގުމަކާ ނުލާ ކުއްލިއަކަށް ދެ ގުނަ އަގު ބޮޑުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މީން ޒަމާނަކުވެސް ނުލިބޭ މިންވަރަށް ސަރުކާރަށް އާމްދަނީ ލިބެމުން އަންނަ އިރު ސަބްސިޑީ ކަނޑާލައިގެން ނުވާނެކަމުގައެވެ.

އަދި ވިދާޅުވީ ރާއްޖެއަށް ވަރަށް މަދުން އާމްދަނީ ލިބުނުއިރުވެސް ކާޑުގެ އަގުތަކަށް ބަދަލު ގެނެސްފައި ނުވަނީ އެއީ މުޅި ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތައްވެސް ފުއްދުމާ ގުޅި ލާމެހިފައިވާ ކަމަކަށް ވާތީކަމުގައެވެ.

“ރައީސް މައުމޫންގެ ދައުރުގައި 150 މިލިއަން ބަޖެޓުންވެސް ބަޖެޓު ދެމުން ދިޔައީ، އެއް ބިލިއަން އޮތްއިރުވެސް ތިން ބިލިއަން އޮތްއިރުވެސް ދިޔައީ ދީގެން، ދިވެހި ރާއްޖޭގެ އާމްދަނީ ދުވަހަކު ނުލިބޭވަރަށް އެބަލިބޭ ދެން ކީއްވެގެންތޯ މިއަދު ކާޑުގެ ބާވަތްތައް ބޮޑުވެގެންދާންވީ؟” ސަލީމް ސުވާލު އުފެއްދެވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ރައްޔިތުންނަށް ހެޔޮ އެގުގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި ގަނެވެން ނެތް މީހާއަށް ހިލޭވެސް ދިނުމަކީ ވެރިމީހާ ކުރަންޖެހޭ ކަމެއް ކަމުގައެވެ.

ސަލީމް ވިދާޅުވީ ދިވެހި ރައްޔިތުން އަތޮޅު ފިހާރަ ނަގައިގެން މިއުޅެނީ 60 ރުފިޔާއަށް 70 ރުފިޔާއަށް އަކަފޫޓެއް ކަމަށާއި އެއާއި ޖެހިގެން ހުރިތަނުން {އެސްޓީއޯ} އިން އެހެރީ ބައިރުފިޔާއަށް އަދި ރުފިޔާއަކަށް އަކަފޫޓެއް ހިފައިގެން ކަމުގައެވެ. އެހެންވީމާ އެސްޓީއޯއަށް ފަސް ލައްކަ އަކަފޫޓެއްހާ ބިން ހެޔޮއަގުގައި ދީފައިވާއިރު އެބިމުން ކުލި ހޯދައި އެފައިސާއިން ސަބްސިޑީ ދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައިވެސް ހުންނަވައި  މިފަހަކަށް އައިސް ސަލީމް ގެންދަވަނީ ސަރުކާރުން ހިންގަވާ ނުރަނގަޅު ސިޔާސަތުތަކަށް ފާޅުގައި ފާޑު ވިދާޅުވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top