ކާޑު އަގުބޮޑުވުމުން ތުޅާދޫ ޒުވާނުން މުޒާހަރާގައި

thulhaadhoo-uvaann-muzaaharakuranee.jpg

ކާޑާއި ކަރަންޓްގެ އަގުބޮޑުވުމާއި ގުޅިގެން ތުޅާދޫ ޒުވާނުން މުޒާހަރާގައި . ފޮޓޯ :އެފްބީ

ސަރުކާރުން  ރައްޔިތުންނަށް ދެމުންއައި ސަބްސިޑީ ކަނޑާލުމުން ކާޑުގެ ބާވަތްތައް އަގުބޮޑުކުރުމުން އެއަގުތައް އަތްނުފޯރާފަށަށް އަރާފައިވާކަމަށް ބުނެ ތުޅާދޫ ޒުވާނުން “ހެސްކިޔާފައި ކަޑަ ” މި ނަމުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އޮންލައިން ނޫހެއްކަމުގައިވާ “ހިތާދޫ އޮންލައިން”އިން މިޚަބަރު ކަވަރު ކޮށްދެމުން ބުނެފައިވަނީ  ” މިއަދު ހެނދުނު މި މުޒާހަރާ ފަށާފައިވަނީ ތުޅާދޫ ކައުންސިލު އިދާރާގެ ކުރީމަތީގައި ކަމށާ މުޒާހާރާގެ ބައިވެރިން ޑިމާންޑު ކުރަމުންދަނީ ކުރީގެ އަގުތަކަށް ކާޑާއި ކަރަންޓުގެ އަގު ބަދަލުކުރުމާއި ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމާއި ކައުންސިލު އިދާރާ ބަންދު ކުރުމަށެވެ.

ތުޅާދޫ ޒުވާނެއް ކަމުގައިވާ ޒާހިދު ބުނީ “ހެސްކިޔާފައި ކަޑަ” މިނަމުގައި މުޒާހަރާ އަކީ ހުރިހާ ޒުވާނުންވެގެން އިންތިޒާމް ކުރި މުޒާހަރާއެއް ކަމަށާއި  މި މުޒާހަރާ މިއަދު ހެނދުނު ބޭއްވީ ކަައުންސިލު ކުރިމަތީގައިކަމުގައެވެ. އަދި މިއަދު ހަވީރު  4:00 ގައި ސައިޓު އޮފީސް ސަރައްދުން ފެެށޭނެ ކަމަށާއި  މި މުޒާހަރާގައި ޕީޕީއެމްގެ މީހުންވެސް ބައިވެރިވެއެވެ.

ތުޅާދޫ ކައުންސިލުގެ ރައީސް އަޙްމަދު އަބްދުއްރައީމް ވިދާޅުވީ “އެމީހުންގެ ޑިމާންޑުތަކާއި ގުޅިގެން ކައުންސިލުގެ ކުއްލި ޖަލްސާއެއް ބާއްވައި ކާޑާއި ކަރަންޓުގެ މައްސަލައިގައި ކައުންސިލަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ވާނީ ނިންމާފައި. ކައުންސިލު ބަންދު ކުރެވޭނެ އެއްވެސް ގާނޫނި ބާރެއް ލިބިގެން ނުވާތީ އެކަން ކުރެވާކަށް ނެތް” ރައީސް އަޙްމަދު އަބްދުއްރަޙީމު ވިދާޅުވިއެވެ.

ތުޅާދޫ ކައުންސިލުގެ ރައިސް ވިދާޅުވީ ކާޑާއި ކަރަންޓުގެ މައްސަލައިގައި ނޫންބަޔާންތައް ނުނެރުމަށާއި އެފަދަ ކައުންސިލުތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެލްޖީއޭއިން ސާކިއުލާއެއް ފޮނުވާފައިވާކަމަށެވެ. ނަމަވެސް ކައުންސިލު އުވާލިޔަސް ކާޑާއި ކަރަންޓުގެ މައްސަލައިގާ ތުޅާދޫ ކައުންސިލުން ބަޔާންތައްވެސް އަދި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެކަމަށް ރައީސް އަޙްމަދު ޢަބްދުއްރަހީމް ވިދާޅުވިއެވެ.” ހިތާދޫ އޮންލައިންގައި ލިޔެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top