އޭދަފުށީގައި މާދަމާ ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ފަށަނީ

2Y3A0107-Enhanced-NR-1705602944561_neqiol.webp

ރިވައިވަލް ސްޕޯޓްސް ކްލަބުން އޭދަފުށީގައި ބޭއްވި ޖޫނިއާ އޯޕަންގެ ތެރެއިން،--- ފޮޓޯ: އަދަދު

200 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު މާދަމާ އޭދަފުށީގައި ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް, ފަށަން ތައްޔާރުވެއްޖެ އެވެ.

އޭދަފުށީ ބެޑްމިންޓަން ކޯޓުގައި މި މަހު 20 ވަނަ ދުވަހުން ފެށިގެން  24 އާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގައި އޭދަފުށީ ކުޅުންތެރިންގެ އިތުރުން, މާލޭގެ އެކަޑަމީތަކުގެ ކުޅުންތެރިންނާއި, ޅ. ނައިފަރު, ނ. ހޮޅުދޫ, އއ. ތޮއްޑޫގެ ކުޅުންތެރިން ވާދަކުރާނެ އެވެ.ހަމައެހެންމެ ކުރިން ގައުމީ މުބާރާތް ކުޅުން ބައެއް ކުޅުންތެރިން ވެސް މި މުބާރާތުގައި ފެނިގެންދާނެ އެވެ.

މީގެ އިތުރުން ރިވައިވަލް ސްޕޯޓްސް އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން, މި ފަހަރުގެ މުބާރާތުގައި ހަތަރު އަންހެން އަދި ހަތަރު ފިރިހެން ކުޅުންތެރިންނާއެކު, ހާއްސަ ކެޓަގަރީއެއްގެ ކުޅުން ކުރިއަށްދާނެ އެވެ.

ރިވައިވަލްގެ މި ޗެލެންޖް މުބާރާތް ކުރިއަށް ދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ ޖޫނިއާ އަދި މާސްޓާސް އެވެ. ޖޫނިއާ ބައިގައި ކުރިއަށް ދާނީ 10, 12, 14, 16 އަދި 18 އަހަރުން ދަށުގެ ކެޓަގަރީ ތަކެވެ. މާސްޓާސް ޑިވިޝަނުގައި ކުރިއަށް ދާނީ 35 އަދި 45 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސްގެ މެޗުތަކެވެ.

މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕަށް ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާ އިރު އިނާމުތަކުގެ ޖުމްލަ 60,000 ރުފިޔާ އަށް އަރައެވެ.

މިއީ، ރިވައިވަލް އިން މި އަހަރު ބާއްވާ ތިން ވަނަ މުބާރާތެވެ. މީގެ ކުރިން އެ ކްލަބުން ވަނީ، ޖޫނިއާ އޯޕަން މުބާރާތަކާއި އިންޓަ ރިސޯޓް މުބާރާތެއް ކާމިޔާބުކަމާ އެކު ނިންމައިލައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top