ﷲ މަންސޫޚު ކުރެވިފައިވާ އިންޖީލުގެ ދިވެެހި ތަރުޖަމާ މީސްމީޑިއާގައި ދައުރުވާ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ ދެ ހަފްތާ ވެފައިވާކަމަށްް އިސްލާމިކްް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ބައެއް މީޑިއާ ތަކަށް ވިދާޅުވީ، މިކަން މިނިސްޓްރީގެ ސަމާލުކަމަށް އަތުވެފައިވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ކަމަށާއި، އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމުން ވާނީ ފުލުހުންނަށް އަންގާފައި ކަމަށެވެ.
އެހެން ނަމަވެސް އަދި މިކަމާ ގުޅޭގޮތުންް ރަސްމީ ސިފައެއްގައި އެއްވެސް ލިއުމެއް ނެތުމުން ބައެއްް ދިވެހިން އަންނަނީ އިންޖީލްްގެ ދިވެހި ކޮޕީތައް އާންމުކުރާ ޕޭޖްތަކަށް ލައިކު ދިނުން ފަދަ ކަންކަން ކުރަމުންނެވެ.
އެންމެ ފަހުން މިއަދު ފުލުހުން ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފަވާ ކަމަށެވެ. އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބަލަމުންދާ އެ މައްސަލައިގަ އާންމުކޮށްފައިވާ ފޭސްބުކް ޕޯސްޓުގައި ވަނީ ކްރިސްޓިއަން ދީނާ ގުޅޭ ކުރެހުމަކާއެކު، އެ ދީނުގެ މައުލޫމާތު ދޭ ވެބްސައިޓެއްގެ ލިންކު ހިމަނައިފަ އެވެ. އަދި އެ މައުލޫމާތުތައް ދެމުން ދަނީ ދިވެހި ބަހުންނެވެ.
މީގެ ކުރިންވެސް ކްރިސްޓިއަން ދީން ފެތުރުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން އެ ދީނާއި ގުޅޭ ބައެއް ވީޑިއޯތަކާއި ލިޔުންތައް ސޯޝަލް މީޑިއާގައި ދައުރު ކުރެ އެވެ. އަދި ގިނަ ދިވެހިން ފާޅުގައި އެކި ސޯޝަލް މީޑިއާ އެކައުންޓުތަކުން އިސްލާމް ދީނާއި ދެކޮޅަށްވެސް ހިޔާލުފާޅުކޮށް ހަދަ އެވެ.
އެކަމަކު ފުލުހުން އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.
ޢީސާ ޢަލައިހިއްސަލާމްގެ މައްޗަށް ބާވައިލެއްވި އިންޖީލާއި، މޫސާ އަލައިހިއްސަލާމްގެ މައްޗަށް ބާވައިލެއްވުނު ތައުރާތު ފޮތަކީ ޔަހޫދީން އެބައިމީހުން ބޭނުންވި ގޮތަކަށް ބަދަލުކޮޮށްފައިވާ ދެ ފޮތެވެ.
އެ ދެފޮތުގައި ބައެއް ތެދު ވާހަކަ ހިމެނިފައި ވީނަމަވެސް އަސްލާ ވަރަށް ބޮޑަށް އޮޅުވާލެވިފައިވާ އެ ދެފޮތަކީ މަންސޫޚު ކުރެވިފައިވާ ދެފޮތެވެ.