”ޑަންގަލް”ގެ ފުރަތަމަ ޝޯއަށްވެސް ހީނުކުރާ ވަރުގެ ތަރުހީބެއް

Dangal-1.jpg

ފިލްމް ޑަންގަލްގެ ބައެއް ތަރިން

އާމިރުޚާންގެ “ޑަންގަލް “ގެ ފުރަތަމަ ޝޯ ގެ ރިވިއު އަށް ބަލާފައި އެފިލްމް ، ކުރިއަށް އޮތް ދުވަސް ތަކުގައި އާ ރެކޯޑެއް ހަދާނެކަމުގައި ރިޕޯޓް ތައް ބުނަން ފަށައިފިއެވެ.

ރެސްލިންތެޅުން ތެރިޔާ މަހާވީރު ސިންގގެ ހަޔާތާބެހެގޮތުން ހަދާފައިވާ މި ފިލްމުގައި މަހާވީރުސިންގގެ ބައި އަދާކޮށްފައިވަނީ  އާމިރުޚާން އެވެ.

ފިލްމު ގެ ފުރަތަމަދުވަހު 29.25 ކުރޯޑު ރުޕީސް ހޯދާފައިވާއިރު މިއީ މުޅި އަހަރަށް ބަލާއިރު ފުރަތަމަ ޝޯއަކަށް އެންމެ ގިނަ ފައިސާ ހޯދި ދެވަނަ ފިލްމެވެ.

ކުރިއަށް އޮތް ކްރިސްމަސް ހަފްތާގައި މި ފިލްމާއެކު އަހަރު ނިންމާލަނީ މުޅި އަހަރުދުވަހުގެ ތެރޭގައި އެންމެ ރަނގަޅަށް ވިޔަފާރި ކުރި ފިލްމުގެ ގޮތުގައި ކަމަށް ފިލްމް ރިވިއުކުރާ ފަރާތްތަކުންބުނެއެވެ.

އާމިރުޚާންގެ އިތުރުން މި ފިލްމުގައި ސާކްޝީ ތަންވާރް، ފާތިމާ ސަނާ ޝައިޚް އަދި ސާންޔާ މަލްހޯތްރާވެސް ފެނިގެން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top