މާޅޮހުގައި ސިޓީހޮޓާ އަޅަން 8 ކުންފުނިން ޝައުގުވެރިވެއްޖެ

14547805_1318864258132280_5918177549036290048_n.jpg

ސިޓީ ހޮޓާ ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބ. މާޅޮހު ކައުންސިލުން ހުޅުވާލި ފުރުސަތުގައި އަށް ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފިކަމަށް މާޅޮހު ކައުންސިލުން ބުނެފިއެވެ.

މާޅޮހު ކައުންސިލް މެންބަރު އަބްދުލްމަތީން ސޯލިހް އީވީއަށް ވިދާޅުވީ ޝައުގުވެރިކަން ފާޅުކުރި އަށް އިންވެސްޓަރުންނަށް މިހާރުވާނީ އެބޭފުޅުންގެ ހުށައެޅުންތައް ތައްޔާރުކޮށް ހުށައެޅުމަށް އަންގާފައި ކަމުގައެވެ.

އޭނާ ވިދާޅުވީ ޝައުގުވެރިކަން ފާޅުކުރި ޕާޓީތަކުގެތެރޭގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތަކެއްވެސް ހިމެނޭކަމަށެވެ.

މާޅޮހު ކައުންސިލުން މިމަހުގެ ބާރަވަނަ ދުވަހު ބީލަމަށް ހުޅުވާލާފައިވަނީ އެރަށުގެ އިރު ދެކުނު ސަރަހައްދުން ދެ ބިމެއް 50 އަހަރުގެ މުއްދަތަކަށް ކުއްޔަށްދޭގޮތަށެވެ. އެއިން ކޮންމެ ބިމެއްގެ ބޮޑުމިން 27000 އަކަފޫޓަށްވުރެ ބޮޑުވާނެކަމަށްވެސް ކައުންސިލުން ބުނެއެވެ. ބީލަން ހުށައެޅުމަށް ކައުންސިލުން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ 12 ވަނަދުވަހެވެ.

މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު ވިދާޅުވީ މިމަޝްރޫއުގެ ސަބަބުން ރަށުގެ ތަރައްޤީގެ މަޝްރޫއުތަކަށް މަގުފަހިވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވާނެކަމަށް އުއްމީދުކުރެވޭކަމުގައެވެ.

“އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ނަރުދަމާ، ސަރުކާރުން މިރަށުގައި އެކަން ކުރާކަށް ނާންނާނެ. ސިޓީ ހޮޓަލާއެކު މިކަމަށް މަގުފަހިކުރާނަން. އަދި ގިނަ ވަޒީފާތަކެއް މިރަށުގައި އުފެދޭނެ”

މާޅޮހުން ސިޓީހޮޓާ އެޅުމަށް ބިންދޫކުރުމަށް ނިންމައި، ކަމާބެހޭ މަސައްކަތް ފަށާފައިވާއިރު، އެރަށުގައި ގެސްޓްހައުސް ވިޔަފާރިވެސް އަންނަނީ ވައިގައި ހިފަމުންނެވެ. ކައުންސިލުން ބުނީ އަންނަ އަހަރު އިތުރު ގެސްޓްހައުސް ތަކެއްވެސް މާކެޓަށް ނެރޭނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top