އުމުރުން އެންމެ 12 އަހަރުގައި މަންމައަކަށް

teen-pregnancy.jpg

މިދިޔަހަފްތާގައި އުމުރުން 12އަހަރުގެ އަންހެން ކުއްޖަކަށާއި 13 އަހަރުގެ ފިރިހެން ކުއްޖަކަށް ދަރިއަކު ލިބުމުން އިގިރޭސި ވިލާތުގައި ހުރި އެންމެ ހަގު މަންމައާއި ބައްޕައަށް މިދެކުދިން ވެއްޖެއެވެ. ވިހޭއިރު ބަރުދަނުގައި 7 ރާތާ ހުރި މި ބޭބީއަކީ އަންހެން ކުއްޖެކެވެ.

ދެކުނު ލަންޑަންގައި އެމީހުންގެ މައިންބަފައިންނާއެކު ދިރި އުޅެމުންދާ މިދެ ކުދިން ރައްޓެހިވެ އެކުގައި އުޅެންފެށީ މީގެއެއް އަހަރުކުރިންނެވެ. އޭގެ ފަހުން އަންހެން ކުއްޖާ ބަލިވެއިންއިރު އުމުރަކީ 11 އަހަރެވެ.އޭރުވެސް އޭނާ އުޅެމުން ދަނީ ޕްރައިމަރީ ސްކޫލްގައެވެ.

ބާރައަހަރުގެ މި މަންމަ އުންމީދުކުރަނީ އޭނާގެ މަންމައާއި އާއިލާގެ އެހީތެރިކަމާއެކު އަންނަ ސެޕްޓެމްބަރުމަހު އެނބުރި ސްކޫލަށް ދިއުމަށެވެ. މިކަން މިގޮތަށް ދިމާ ވުމުން އެންމެ ޅަ މަންމައާއި ބައްޕައަށް މި ދެމީހުންވުމުގެ އިތުރުން އިގިރޭސިވިލާތުގައިހުރި އެންމެ ހަގު މާމައަކީ އުމުރުން 27 އަހަރުގެ، ބޭބީގެ މާމަކަމުގައިވެސް ވަނީ ވެފައެވެ.

މި އާ ދެމަފިރިންގެ ދަރިފުޅަށް އަދި ނަމެއް ދީފައިނުވަނީ ގާނޫނީ ސަބަބު ތަކަކާ ހުރެ ކަމަށާ އެކަމަކު އަދިވެސް އަދި ފަހުންވެސް ދެމީހުން ދިރިއުޅޭނީ އެކުގައި ކަމަށް އަންހެން ކުއްޖާ ބުނެއެވެ.

ބޭބީގެ މަންމައާއި ބައްޕަ އެކުގައިއުޅެ އެންމެ އަހަރެއްގެތެރޭގައި ދަރިއަކުހޯދިޔަސް އެމީހުންގެ ލޯބީގެ ދުވަސްތައް އެހެންގޮތަކަށް ބަދަލު ނުވާނެ ކަމަށާއި ބޭބީލިބުމުން މިގުޅުން އިތުރަށް ބަދަހިވެއްޖެކަމުގައި އާއިލާއިން ބުނެއެވެ.

އާއިލާގެ ސަޕޯޓާއެކު މިދެކުދިން ކައިވެނިކުރަން ޕްލޭން ކުރެވިފައިވެއެވެ. އެހެންނަމަވެސް އުމުރުގެ ޅަކަމުން މިކަމަށްވެސް ހުރަސްއަޅަނީ ގާނޫނެވެ. ކަންމިހެން ހުއްޓަސް މިދެމަފިރިންގެ ފަހަތުގައި އާއިލާގެ އެހީތެރިކަމާއި ސަޕޯޓް އޮތުމުން މިއެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top