މަޖިލީހުގެ ލަފާ: ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއް ހެއްދުން

DSCN2360.jpg

ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް މިއަހަރުގެ ތެރޭގައި ކައުންސިލްތަކުން ފުރިހަމަކުރަންޖެހޭ ގޮތަށް ސަރުކާރަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ނިންމައިފިއެވެ.

މިކަންް ހިމަނާފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި، ތި މާވައްޓަށާއި، އިއާދަކުރަ ނިވި ހަކަތަ ބޭނުންކުރުމާއި އެކަންކަން ފުރިހަމަ ކުރުމަށް ޕްރޮގްރާމްތައް ހިންގާނެ އުސޫލު ތަކެއްގެ ލަފާ ސަރުކާރަށް ދިނުމާ ގުޅޭ ގޮތުން އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެކުލަވާލި ރިޕޯޓުގައެވެ،

އެގޮތުން މި ރިޕޯޓުގައި ޖުމްލަ 25 ކަމެއް ވަނީ ހިމަނާފައެވެ.

ބަނބުކެޔޮ ގަސް ހެއްދުމުގެ އިތުރުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަމާއި، ކުކުޅު ގެންގުޅުންފަދަ މަސައްކަތްތައް ހިންގުމަށް ރަށްތައް ދޫކޮށްފައިވާ ފަރާތްތަކަށް ބާރު އެޅުން ހިމެނެއެވެ. އަދި އެފަރާތްތަކަށް އެކަމުގައި އެހީތެރިވެ، ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި އޯގޭނިކް ބޭސް ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމެއް ފެށުމަށް ވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top