ތުޅާދޫން ކަރަންޓް ކެނޑި، ހިތާދުއާ، ތުޅާދޫން އުއްބައްތި ހުސްވެއްޖެ!

jhff.jpg

ބ. ތުޅާދޫ. އެރަށުން އިއްޔެ ކަރަންޓް ކެނޑުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އުއްބައްތިގަނެ ތައްޔާރީހާލަތަށް އައިސްފައި. / ފޮޓޯ: އޭދަފުށި ވޮއިސް

ބ. ތުޅާދޫން ކަރަންޓް ކެނޑުމާ ގުޅިގެން އެރަށާއި، އެރަށާ ކައިރީގައި އޮތް ހިތާދޫގެ ފިހާރަތަކުން އުއްބައްތި ހުސްވެއްޖެއެވެ.

މިކަން ހިނގާފައިވަނީ އިއްޔެ މެންދުރު ފަހުއެވެ. ތުޅާދޫ ކައުންސިލުން ބުނީ އިއްޔެ މެންދުރުފަހު ތުޅާދޫގެ ހުރިހާ ސަރަހައްދަކުން ގިނަ ވަގުތުތަކަކަށް ކަރަންޓް ކެނޑުނުކަމަށެވެ. އެކައުންސިލްގެ އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި އީވީއަށް ވިދާޅުވީ އާންމު ރައްޔިތުން އުއްބައްތިއާއި، އެފަދަ އާލާތްތައް ހޯދުމަށް މަސައްކަތް ކުރި ކަމަށާ، ތުޅާދޫގެ ފިހާރަތަކުން އުއްބައްތިއާ، ފާނޫޒު ކަހަލަ ތަކެތި ހުސްވިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިހެން ދިމާވީ ރޭ ތުޅާދުއަށް ކަރަންޓް ނުދެވޭނެކަމަށް ރަސްމީ ފަރާތްތަކާ ހަވާލާދީ ރަށުތެރޭގައި މައުލޫމާތު ފެތުރުމުގެ ސަބަބުން ކަމަށެވެ.

“ތެދެއްއެއީ. މުޅިރަށުންވެސް އުއްބައްތި ހުސްވި. ދެން ހިތާދޫގެ ހުރިހާ ފިހާރައަކުން ލިބެން ހުރި އުއްބައްތިތައްވެސް ގެނައި މިރަށަށް. އެވަރުން ނުވެގެން އަތޮޅު ފެރީގައި އޭދަފުށިންވެސް ކޮންމެވެސް ވަރަކަށް އުއްބައްތި ގެނައި. ރޭ ކަރަންޓް ނުލިބިދާނެކަމަށް އާންމުންނަށް އޮތީ މައުލޫމާތު ލިބިފައި އިންޖީނުގެއާ ހަވާލާދީ” އޮފިޝަލް ވިދާޅުވިއެވެ.

ތުޅާދޫ އިންޖީނުގެއިން ބުނީ އިއްޔެ ކަރަންޓް ކެނޑެން ދިމާވީ ކުޑަކުޑަ ޓެކްނިކަލް މައްސަލައަކުންކަމަށާ، އެކަން ހައްލުކުރުން ލަސްވެގެން ދިޔައީ އިންޖިނިއަރުން ރަށުން ބޭރުން ގެންނަން ޖެހިގެންކަމަށެވެ. އަދި އިރު އޮއްސުމުގެ ކުރިން ކަރަންޓް ދެވޭވަރުވިކަމަށްވެސް ތުޅާދޫ އިންޖީނުގެއިން ބުންޏެވެ.

ތިންހާހާ ގާތްކުރާ އާބާދީއެއް އޮންނަ ބ. ތުޅާދޫގައި ކަރަންޓް ދިނުމަށް ބޭނުންކުރަމުން ދަނީ 250ކވ ގެ 2 އިންޖީނާއި، 200ކވ ގެ 1 އިންޖީނެވެ. އަދި ފަހަކަށް އައިސް އެރަށުގެ ލޯޑް މަތިވަމުންދާތީ، ކަރަންޓް ކެނޑުމުގެ މައްސަލަ މަދުމަދުން ނަމަވެސް އެރަށުގައި ކުރިމަތިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top