ބޯފެނުގެ ނިޒާމް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

hjhh.jpg

ބޯފެނުގެ ނިޒާމް މަޝްރޫއުގެ ދަށުން ފެން ޕްލާންޓްތައް ބަހައްޓާ ސައިޓް މަސައްކަތް އިއްޔެ ސޮނެކް ކުންފުނިން ކުރިޔަށް ގެންދަނީ. މިމަސައްކަތުގެ ދަށުން 192 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓާނެ / ފޮޓޯ: އޭދަފުށީ ވޮއިސް

އޭދަފުށީގައި ބޯފެނުގެ ނިޒާމު ގާއިމު ކުރުމަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑުން ފަށައިފިއެވެ.

ކޮންޓްރެކްޓަރަށް ދީފައިވާ ބިން ކުޑަވުމާ ގުޅިގެން މަސައްކަތް ފެށުން މަޑުޖެހިފައި އޮތުމަށްފަހު އަލުން މަސައްކަތް ފެށުނީ މިދިޔަ ހަފްތާތެރޭގައެވެ. ކޮންޓްރެކްޓަރާ ހަވާލާދީ ބ. އޭދަފުށީ ކައުންސިލުން ބުނީ މަސައްކަތް ފެށުނީ ކޮންޓްރެކްޓަރަށް ދޫކޮށްފައިވާ ބިމުގައި ބަހައްޓާ ޕްލާންޓްތަކާ، އެހެނިހެން ވަސީލަތްތައް ބަހައްޓާ ޕްލޭން އަލުން ޑިޒައިން ކުރުމަށްފަހު ކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ބިމުގެ މައްސަލާގައި އެންވަޔަރުމެންޓުން މަޝްވަރާ ކުރަނީ ސީދާ ކޮންޓްރެކްޓަރާ ކަމަށާ، އެކަމުގައި ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ދެމުންދާކަމަށެވެ. އަދި މިމަޝްރޫއުގެ މަސައްކަތްތައް ވަރަށް ގާތުން ބަލަމުން ދާކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

“ބިން ފުރަތަމަ ދޫކުރީވެސް އެންވަޔަރުމެންޓުން، ހައުސިން މިނިސްޓްރީއާ ގުޅިގެން. މަސައްކަތް މިފެށުނީ އެބޭފުޅުން ބަހައްޓާ ޕްލާންޓްތައް ބެހެއްޓުމަށް ހަދާފައިވާ ޕްލޭން ބަދަލުކޮށްގެން. އެހެންވީމާ މިހާރު ބިން ދޫކޮށްފައިވާ ވަރު ފުދޭނެކަމަށް ވަނީ. އަޅުގަނޑު މިދަނީ މިކަން ވަރަށް ގާތުން ބަލަމުން” ތޮލާލް ވިދާޅުވިއެވެ.

އެކަށީގެންވާ ބޯފެނުގެ ނިޒާމުގެ ހިދުމަތް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އޭދަފުށީގައި ބޯފެނުގެ ނިޒާމު ގާއިމު ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ އޭޕްރީލް މަހުއެވެ.

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫއު ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކޮށްފައި ވަނީ 74.3 މިލިއަން ރުފިޔާއަށް، ހަތް މަސް ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

މިމަޝްރޫގެ ދަށުން އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކުރުމުގެ އިތުރުން 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top