މިދެ މަސްދުވަހު ވަރަށް ހޫނު ގަދަވާނެ

ހކހކ.jpg

މިހިނގާ މާރިޗު މަހާއި އަންނަ އެޕްރީލްމަސް ރާއްޖެއަށް ވަރަށް ހޫނު ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

އެ އިދާރާއިން މިއަދު ބުނީ މާރިޗު މަހާއި އޭޕްރީލް މަހަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު ކަމަށެވެ. މި ދުވަސްވަރު ހޫނުވާ މިންވަރު އިތުރުވަނީ ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާތީ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މީގެއިތުރުން މިއަހަރަކީ ވެސް އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތް ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ވެސް ލަފާކޮށްފައި ވެއެވެ.

މެޓް އޮފީހުން ބުނީ އާއްމު ވައިބާ ގުރޫޕުގައި ކޮންމެ ދުވަހަކު 11 އާއި 14 އަދި ހަވީރު ފަހެއް ޖަހާއިރު ފަސް ސްޓޭޝަންގެ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާއްމު ކުރަމުންދާނެ ކަމަށެވެ. އަދި މި ދެ މަހުގެ މެންދުރު އިތުރަށް ހޫނު ގަދަވާނެ ކަމަށާއި އެ ގޮތުން ކޮންމެ ދުވަހެއްގެ އެންމެ ހޫނު ވާނީ މެންދުރު ދޭއްޖަހާއިރު ކަމަށްވެސް ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top