ސަރުކާރުން ހަދިޔާކުރި ކާޑު ދޫކުރުން މިއަދު

sto-kaadu-handoo-hakuru-fuh-05882-1536x1024-1.jpg

ސަރުކާރުން ދޫކުރާ ހަނޑުލާއި ފުށް -- ފޮޓޯ: ވަގުތު

ސަރުކާރުން ހަދިޔާކުރި ހަނޑުލާއި ފުށް،  އޭދަފުށީގައި މިއަދު ދޫކުރަން ފަށާނެ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ސަރުކާރުން ހަދިޔާކުރި ކާޑުގެ ބާވަތްތައް ގޭބިސީތަކަށް ދޫކުރުން މިއަދު ހަވީރު 4:30– 5:30 އަދި މިރޭ 9:30– 11:00 އަށް ފެރީ ޓާމިނަލް ސަރަހައްދުގައި ކުރިއަށްދާނެ ކަމަށެވެ.

ސަރުކާރުގެ މިއަހަރު ރާއްޖޭގެ ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްްޒު ވަނީ އިއުލާން ކުރައްވާފައެވެ. އަދި މިއީ ރަމްޒީ އެއްޗެއް ކަމަށާއި އަންނަ އަހަރު އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top