ރޯދަ މަހަށް، މޯލްޑިވިއަންގެ އަގުތައް ހެޔޮކޮށްފި

179362_3_09bb161de9ca425a562e5140269f91fddf52897d_medium.jpg

ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރޯދަމަހަށް ޚާއްސަކޮށްގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފިއެވެ.

މިގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރާ ދަތުރުތަކުގެ އަގުތައްވެސް ވަނީ ހެޔޮކޮށްފައެވެ.

ރޯދަމަހަށް ކަނޑައަޅާފައިވާ ޚާއްސަ އަގުތަކަށްބަލާއިރު މާލެ ،ދަރަވަންދޫ -މާލެ، ދެކޮޅު ޓިކެޓެއް ވިއްކާ އަގަކީ 999 ރުފިޔާއެވެ.

އަލަށް އެކުލަވާލި އަގުތަކަށް އަންނަ މަހުގެ 5 ން ފެށިގެން 28 ގެ ނިޔަލަށް ދަތުުރު ކުރެވޭނެކަމަށާ ދަތުރު ކުރުމުގެ ތިންދުވަަސް ކުރިން ޓިކެޓު ގަންނަން ޖެހޭނެކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މޯލްޑިވިއަން އިން އަތޮޅުތެރޭގެ އެހެންމަންޒިލްތަކަށް ކުރާ ދަތުރުތަކަށް ނަގާ ދެކޮޅު ޓިކެޓްގެ އަގުތަކަކީ:
* ކުޑަހުވަދޫ: 1388ރ
* އިފުރު: 1338ރ
* ހަނިމާދޫ: 1477ރ
* ތިމަރަފުށި: 1477ރ
* ކައްދޫ: 1477ރ
* ކޫއްޑޫ: 1515ރ
* ކާޑެއްދޫ: 1515ރ
* ގަން: 1544ރ
* ފުވައްމުލައް: 1544ރ

މޯލްޑިވިއަން އިން ރޯދަމަހަށް ޚާއްސަ ހެޔޮ އަގުތަކެއް ތައާރަފް ކޮށްފައިވާއިރު މިދިޔަ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުވެސް ވަނީ އެތެރޭގެ އުދުހެންތަކުގެ އަގު ހެޔޮކޮށްފައެވެ. އެ ގޮތުން ކޮންމެ މަންޒިލަކަށްވެސް 25 އިންސައްތަ އާއި 30 އިންސައްތައާއި ދެމެދުގެ އަގަށްވަނީ ބަދަލު ގެނެސްފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް މިހާރު ރާއްޖޭ 11 އެއަރޕޯޓަކަށް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top