އެންމެ އަލިގަދަ ތަރި، މިއަހަރު ރޯދަމަހު ނުބާއްވާ!

big_O8nG0yxlRzTVSjt3zUrJhjbqP.jpg

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބަރަކާތްތެރި ރަމަޟާން މަހު ޕީއެމްއެސް އިން ބާއްވަމުން އަންނަ އެންމެ އަލިގަދަ ތަރި” ގުރުއާން މުބާރާތް މިއަހަރު ރޯދަމަހު ނުބާއްވާނެކަމަށް ޕީއެސްއެމް އިން ބުނެފިއެވެ.

ރާއްޖޭގެ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި މުބާރާތް ނުބާއްވާ ގޮތަށް ނިންމީ އެކަށީގެންވާ ވަރަށް މީހުން ބައިވެރި ނުވުމުން ކަމަށް ޕީއެސްއެމްއިން ބުނެއެވެ. އެހެންނަމަވެސް މިއަހަރުތެރޭގައި ޕްރޮގްރާމް ބޭއްވުމަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ގެނެސް ޕްރޮގްރާމް ބާއްވާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެކަމަށް ބުނެއެވެ.

ޕީއެސްއެމް އިން ބުނީ “އެންމެ އަލިގަދަ ތަރި” މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިން ކޮށް އަދި އެސްއެމްއެސް ކޮށްގެން ނަން ހުށައެޅުމަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ ޖުމްލަ 24 ބައިވެރިންނެވެ. މީގެ ތެރެއިން 15 ފަރާތެއް ވީޑިއޯ ހުށަހަޅާފައިވެއެވެ. އޮޑިޝަންތަކަށް ފަހު ޖުމްލަ 12 ބައިވެރިންނާއެކު ކުރިޔަށްދާ މި މުބާރާތަށް މިފަހަރު ހުށަހެޅި ވީޑިއޯތަކުން ފެނިގެން ދިޔައީ މުބާރާތަށް ކުރިމަތިލުމުގެ ފެންވަރު ހަމަވާ ހަތަރު ވަރަކަށް ބައިވެރިންނެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ.

ޓެލެވިޜަން މޯލްޑިވްސްއިން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ގެނެސްދޭ “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި”އަކީ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތެއްގޮތުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި މުބާރާތް ފުރަތަމަ ގެނެސްދީފައިވަނީ 2013ވަނަ އަހަރުއެވެ.

އެންމެ އަލިގަދަތަރި ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމުކޮށްގެން ޢާއްމުންނަށް ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ކީރިތި ޤުރުއާނާމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެއްކަމަށް ޕީއެސްއެމް އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top