ދަރަވަންދޫ ބަނދަރު ހަދަން ފަށައިފި

86e2b1a3-a830-4e7d-a274-4fd37133081b.jpg

ބ. ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އާދިއްތަ ދުވަހު ފަށާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 30,504 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި، 1843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4126 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުމާއި، 2301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 352 މީޓަރުގެ ސަރަަޙައެއްގައި ބޭރުތޮށިލުން ހިމެނެއެވެ.

އަދި 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 24 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 140 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2104 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

55.48 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖެނުއަރީ 25 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top