ޚާރިޖީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު ދެ ބޭފުޅަކަށް

204034_9f13ae0f-8.jpeg

ރާއްޖޭގެ ޚާރިޖީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

މި ދެ ބޭފުޅުންނަށް މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ، މާދަމާ ހެނދުނު 10:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. ނަމަވެސް އެއީ ކޮން ދެ ބޭފުޅުންނެއް ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.

މިއީ ޚާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް އަރުވާ ޝަރަފެކެވެ. މި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަރުވާނީ، މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top