ސަރުކާރުން ކައުންސިލް އިމާރާތްތައް އަޅައިދޭނީ އާބާދީގެ ނިސްބަތުން

large_1710060903230yGL.jpg

ލޯކަލް ގަވާނަންްސް މިނިސްޓަރު އާދަމް ޝަރީފް -- ފޮޓޯ/ މިނިސްޓްރީ

ރައީސް ޑރ މުުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ކައުންސިލް އިމާރާތްތައް ކަނޑައެޅުމުގައި ބަލާނީ ރަށުގެ އާބާދީގެ ނިސްބަތުން އެންމެ މަތިން މާކްސް ލިބޭ ތަރުތީބުން ކަމަށް ލޯކަލް ގަވަރމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

ރައީސް މުއިއްޒު އުތުރުގެ ހަތަރު އަތޮޅުގެ ރަށްތަކަށް މިިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ހދ. މަކުނުދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ މި އަހަރުގެ ތެރޭގައި އެއްފަހަރާ 50 ރަށެއްގެ ކައުންސިލް އިިމާރާތް އަޅަން ފަށާ ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެ މަސައްކަތްތައް ކުރުމަށް ބަޖެޓު ކުރެވިފައި ނެތް ނަމަވެސް އިންވެސްޓާ ފައިނޭންޝަލް މޮޑެލްގެ ތެރެއިން އެ މަސައްކަތްތައް ފެށޭނެ ކަމަށާއި އަމާޒަކީ ހުރިހާ ރަށު ކައުންސިލަކަށް ރަނގަޅު ފެންވަރުގެ އޮފީސް އިމާރާތެއް ގާއިމުކޮށްދިނުން ކަމަށެވެ.

ރައީސްގެ ނިންމެވުމުގައި ވާގޮތަށް 50 ކައުންސިލު އިދާރާ ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތަކާއި މާކްސް ދެވޭނެގޮތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާކްސް އިން ވަނީ އާއްމުކޮށްފައެވެ.

މި 50 ރަށް ކަނޑައަޅާނެ ގޮތުގެ މިންގަނޑެއް ލޯކަލް ގަވަމަންޓް މިނިސްޓްރީން އާންމުކޮށްފައި ވާއިރު، އެންމެ އިސްކަމެއްގެ ގޮތުގައި އޮތީ ރަށުގެ އާބާދީއެވެ. އަދި އެންމެ މަތިން މާކްސްދޭ ކަންކަމުގައިވެސް އާބާދީ ހިމަނާފައިވެއެވެ. ރަށުގެ އާބާދުގެ ބޮޑުކަމަށް 20 މާކްސް ލިބޭނެކަމަށް ލޯކަލް ގަވަރމެންޓް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ކޮމިޓީ މަސައްކަތް ކުރާނެ ޖާގައަށް ކޮންމެ ބަޔަކަށް ވަކިން ގިނަވަގެން 10 މާކްސް ދޭން ވަނީ ހިމަނާފައެވެ.

އަދި ކޮންމެ އަހަރެއްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލަކަށް އެލްޖީއޭއިން ދެމުން އަންނަ އެވޯޑު ލިބިފައިވާ ކައުންސިލުތަކަށް އިތުރު 10 މާކްސް ދޭން ލޯކަލް ގަވަމެންޓް މިނިސްޓަރީއިން ވަނީ ނިންމާފައެވެ.

މާކުސް ދޭ ގޮތާއިމެދު ޚިޔާލެއް އޮތްނަމަ މި އަންނަ ހަފުތާ ބުރަސްފަތި ދުވަހު 01:00 ގެ ކުރިން ހުށަހެޅުމަށް މިނިސްޓަރީ އިން ވަނީ އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top