އޭދަފުށި އަންހެނުން ކޮމެޓީގެ މަދަހަ މުބާރާތް މިރޭ. މެއިން ސްޕޮންސަރަކީ ރެޑްވޭވް

ކލކލ.jpg

އަންހެނުންކޮމެޓީން 2022 ވަނަ އަހަރު ބޭއްވި މަދަހަ މުބާރާތުގެ ތެރެއިން

ރަމަޟާން މަހުގެ މުނާސަބަތުގައި އޭދަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި އޭދަފުށި ކައުންސިލް ގުޅިގެން މުޅި އޭދަފުއްޓަށް ހުޅުވާލައިގެން ބާއްވާ މަދަހަ މުބާރާތް މިރޭ ފަށާނެ ކަމަށް އެކޮމެޓީން ބުނެފި އެވެ.

”ރެޑްވޭވް“ސްޕޮންސާ ކޮށްފައިވާ މިމުބާރާތުގައި ކީސްޓޭޖް ގެ 13 ގްރޫޕާއި 18 އަހަރުންމަތީގެ ހަ ގްރޫޕް ބައިވެރި ވެއެވެ.

އަންހެނުން ކޮމެޓީން މައުލޫމާތު ދިން ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރެއާއި މާދަމާ އަދި މާދަމާ ރޭ، އޭދަފުށި މަލްޓިޕާޕަސް ސެންޓަރުގަ އެވެ.

މި މުބާރާތުގެ ރަންވަނަ ތަކަށް އިނާމު ކަނޑައެޅިފައިވާއިރު މިއަހަރުގެ މުބާރާތުގެ ”ރަންއަޑު“ ވެސް ހޮވައި އެފަރާތަށްވެސް އިނާމު ކަނޑައަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top