ޝާކިރު ޕީޕީއެމް އަށް ސޮއިކޮށްފި

29791628_2098175436866747_3057725277447930472_n.jpg

އެމްޑީޕީ އޭދަފުށީ ހިތްވަރުގޮފީގެ ރައީސް މުހައްމަދު ޝާކިރު (އެސްޓީއޯ ޝާކިރު ) ރޭ ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ. ޝާކިރުގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އޭދަފުށީ އަންހެން މެންބަރުން ކޮޅެއްވެސް ޕީޕީއެމް އަށް ސޮއި ކުރިކަމަށް މީސްމީޑިއާގައި ދަނީ ފެތުރެމުންނެވެ.

އަލަށް ޕީޕީއެމް އާގުޅުނު މި މެންބަރުން ޕީޕީއެމަށް ސޮއިކުރުން އޮތީ ޕީޕީއެމްގެ އޮފީހުގައެވެ.

މިކަމާބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ޝާކިރުއާ ދެފަހަރު ގުޅާލުމުންވެސް އޭނާ ފޯނު ނުނަންގަވާތީ މައުލޫމާތު ލިބޭ ގޮތެއް ނުވިއެވެ.

މި ބޭފުޅުން ޕީޕީއެމް އަށް ސޮއި ކުރެއްވި ފޯމާއި ހަވާލުވެ ވަޑައިގެންނެވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު އާއި އެވެ.

މި ރަސްމިއްޔާތުގައި ނިލަންދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް އާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top