އިމާމުންނާއި ޚަތީބުން އިތުރު ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް

big_oXXEaCS7QN9enDFT0YkSyErl1.jpeg

އިމާމުންނާއި ޚަތީބުން، އިތުރު ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފައްޓަވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ކޯސްތަކާއި ތަމްރީނުތައް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ތަމްރީނުތަކުގައި ބައިވެރިވާ މީހުން ގާބިލް ބަޔަކަށް ހެދުމެވެ. އަދި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ރާއްޖެއިން ބޭރުން ފުރުސަތު ދެވޭ މީހުން ހޮވާއިރު ރާއްޖޭގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މިންވަރަށް ބެލޭނެ ކަމަށް ވިދާޅުވިއެވެ.

އިމާމުންނާއި ޚަތީބުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދަން ސަރުކާރުން ބޭނުންވާ ކަމަށާއި އެ މީހުންނަަށް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިމާމުންނާއި ހަތީބުންނަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ބަޔަކަށް ވުމާއި މިސްކިތަކީ މުގައްދަސްތަނަކަށްވާއިރު އާންމުން، އިމާމެއްގެ ކިބައިން ފެންނަން ބޭނުން ނުވާ ނުވަތަ އިމާމަމަށްވާތީ ބަލައިނުގަންނަ ކަންކަމުން ދުރުހެލިވުމަށް މިނިސްޓަރު ނަސޭހަތްތެރިވެ ވަޑައިގަތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top