ކިޔަވައިދޭ ވަގުތު ސްކޫލްގެ ގޭޓުތައް ތަޅުލާފައި ބަހައްޓަން އަންގަވައިފި

12321150_1263367330356481_6047369521127213543_n.png

ބ.އަތޮޅު ތައުލީމީ މަރުކަޒު

ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ސްކޫލްގެ ގޭޓްތައް ތަޅުލާފައި ބެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީ އަންގައިފި އެވެ.

އެގޮތަށް އަމަލުކުރަން އެންގީ ސްކޫލު މާހައުލަކީ ދަރިވަރުންނާއި މުވައްޒަަފުންނަށް ހުރިހާ ގޮތަކުން ވެސް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށް މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި އެންގުމެއްގައި ބުނެފައިވެ އެވެ.

އެ އެންގުމުގައި އިތުރަށް ބުނެފައިވަނީ ، މިހާރު ވެސް ސްކޫލްތަކުގައި އަމަލުކުރަމުން އަންނަ އުސޫލުގެ މަތިން، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގޭޓު ބެލެހެއްޓުމަށް ސެކިއުރިޓީއެއް ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ސެޝަން ފެށޭ ވަގުތު (މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވާ ވަގުތު) ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވެސް ގޭޓް އެތެރެއިން ތަޅުލާފައި ބެހެއްޓުމަށްވެސް ވަނީ އަންގާފަ އެވެ.

ސެޝަން ފެށުމަށް ފަހު މުވައްޒަފުންނާއި ދަރިވަރުންނަށް ސްކޫލަށް ވަދެނިކުތުމުގައި ހާއްސަ އިންތިޒާމުތައް ސްކޫލުން ހަމަޖެއްސުމާއި ސެޝަން ކުރިއަށްދާއިރު ބެލެނިވެރިން ނުވަތަ އާންމުންނަށް ސްކޫލު ގޭޓުން އެތެރެވެވޭނީ ސެކިއުރިޓީ އޮފިސަރު މެދުވެރިކޮށް އެ މީހަކު ސްކޫލަށް ހާޒިރުވި ސަބަބު އޮޅުންފިލުވައި ދިނުމުން ކަމަށް ވެސް އެންގުމުގައި ބުނެފައި ވެއެވެ.

ބެލެނިވެރިން ސްކޫލަށް ހާޒިރުވާއިރު، ސްކޫލުން ދީފައިވާ ބެލެނިވެރިޔާ ކާޑް އޮތްތޯ ސްކޫލުން ކަށަވަރު ކުރުމަށް ވެސް މިނިސްޓްރީން އަންގާފައި ވެއެވެ.

ސްކޫލްތަކަށް ވަދެ ނިކުތުމުގައި ހަރުކަށި ފިޔަވަޅު އަޅަން އެޑިއުކޭޝަން މިނިސްޓްރީއިން އަންގާފައި މިވަނީ ދާދިފަހުން ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވަނިކޮށް ކަން ފާހަގަކުރެވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top