ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

DSC_3710.jpg

މިިދިޔަ އަހަރު އެއްވަނަ ލިބުނު ދެ ދަރިވަރު، ރަމްޝާއާއި ހަޒްމާ – ފޮޓޯ: ބ. އަތޮޅު ތައުލީމީ މަރުކަޒު

މިދިޔަ ދެ ދިރާސީ އަހަރު ބ.އަތޮޅު ތައުލީމީ މަރުކަޒުން މަތީ ވަނަތައް ހާސިލުކުރި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް، އަހަރީ އިނާމު ދިނުމުގެ ޖަލްސާ، ރޭ އެމަރުކަޒުގައި ބާއްވައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް ހޮވާފައިވަނީ އައިމިނަތު ރަމްޝާ އަބްދުއްރަހްމާން އާއި މަރިޔަމް ހަޒްމާ އެވެ.

މި ދެ ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލު ކޮށްދެއްވީ މި ޖަލްސާގެ ޝަރަފްވެރި މެހްމާން، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ސާނަވީ ބައިން އެއްވަނަ ހޯދި ހަޒްމާ ވަނީ އަށް މާއްދާއިން އޭ ސްޓާ ހޯދައި ގައުމީ ގަދަ ދިހައަކުން އެއްވަނަ ހޯދައިފަ އެވެ. ރަމްޝާ ވަނީ މަތީ ސާނަވީ އިން އެއްވަނަ ހޯދައި، ގައުމީ ގަދަ ދިހައަކުން ހަތް ވަނަ ހޯދައިފަ އެވެ. އޭނާ ވަނީ އެއް މާއްދާއިން އޭ ސްޓާ، ދެ މާއްދާއިން އޭ އަދި ދެ މާއްދާއިން ބީއެއް ލިބިފައެވެ.

މި ޖަލްސާގައި ދަރިވަރުންނާ މުހާތަބް ކުރައްވަމުން ޝާރަފްވެރިމެހްމާން ވަނީ ދަރިވަރުންނަށް ވަރަށް އަގުހުރި ނަސޭހަތްކޮޅެއް ދެއްވާފައެވެ. އެގޮތުން މި ޒަމާނުގެ ތައުލީމުގައި އިންޓަނެޓަކީ ބޭނުންތެރި ވަސީލަތަކަށް ވާއިރު އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިމްތިމާސް ކުރެއްވިއެވެ. އަދި އެއީ މުނި ފޫހި ފިލުވުމުގެ ގޮތުން ބޭނުން ކުރާ އެއްޗެއްގެ ބަދަލުގައި ބޭނުންތެރި މައުލޫމާތު ހޯދައި ލިބިގަތުމުގެ ވަސީލަތަަށް ހެއްދެވުމަށް ގޮވާލެއްވި އެވެ.

ސްކޫލްގެ ޕްރިންސިޕަލް، އަހުމަދު ރަފީއުގެ ވާހަކަފުޅުގައި އިމްތިހާން ތަކުން ދަރިވަރުން ހޯދާ ނަތީޖާ އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުން އަންނަކަން ފާހަގަ ކުރައްވަމުން ، މިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 80.4 ޕަސެންޓުގައި ހުރިއިރު އޭ ލެވެލްގައި 92 ޕަސެންޓް ދަރިވަރުން ވަނީ ފާސްވެފައިކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު މި ސްކޫލްގެ 16 ދަރިވަރަކު އޯލެވެލްގެ ގަދަ ދިހެއްގައި ހިމެނުނުއިރު އޭލެވެލްގެ ގަދަ ދިހެއްގައި ހަތް ދަރިވަރުން ހިމެނިފައި ވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top