އޭދަފުށީގެ މަގުހެދުމުގެ މަސައްކަތް އަންނަ ޖުލައިމަހު ނިމޭނެ- އާޒިމް

IMG_20200318_164209000-1.jpg

އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ ..

އޭދަފުށީގެ ބޮޑެތި 17 މަގު ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ކުރިއަށް ގެންދާ މަސައްކަތް އަންނަ ޖުލައި މަހު މުޅިން ނިންމާލެވޭނެކަމަށް މި މަސަައްކަތް ހަވާލު ކޮށްފައިވާ އެމްޓީސީ އިން ބުނެފި އެވެ.

އޭދަފުށީގެ17 މަގު ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމުގެ މަޝްރޫއު ފަށާފައިވަނި ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ. އެ ސަރުކާރު ބަދަލުވި އިރު މަސައްކަތުގެ ބޮޑު ބައި އޮތީ ނިމިފައި އޮތް ނަމަވެސް މަސަކަތް ހުޢްޓިފައި ދިގު މެދުކެނޑުމެއް ވޭތުވެދިޔަ ފަހުން މިސަރުކާރުން އަލުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 8 މަސްދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށް 2019 ވަނަ އަހަރު އެޕްރީލް މަހުއެވެ.

އެދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު މަގުހެދުމުގެ މަސައްކަތުގައި މިހާރު ކުރިއަށް ގެންދަނީ މަގުތަކުގައި ތާރު އެޅުމުގެ ކުރިން އަޅާ ފުރަތަމަ ކޮންކްރީޓް ލޭޔާ އެޅުމުގެ މަސައްކަތެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އޭދަފުށީ މަގުތަކުގެ 64 ޕަސެންޓް ނިމިފައިވާ ކަމަށާއި އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ޖުމްލަ 19،184،857 ރުފިޔާ އަށް އެމްޓީސީސީ އާ ހަވާލު ކޮށްފައިވާ މި މަޝްރޫއުގެ ދަށުން އޭދަފުށީގެ 17،785 ސްކުއާ މީޓަރުގެ ބޮޑެތި މަގުތައް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫއަކީ ހިނގަމުން އަންނަ ކަމެއްގެ ގޮތުގައި ފާހަގަކޮށް މިއަހަރުގެ ބަޖެޓްގައި ވެސް އެމަސައްކަތް ކުރިއަށް ގެންދިއުމަށް ހިމަނާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top