ކޮވިޑަށް ޕޮޒިޓިވް ދިވެއްސަކު މާލެއިން ފެނިއްޖެ

Breaking-News-Image-v2-e1574095563266.jpg

މާލެތެރެއިން ކޮވިޑް -19އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ވަނީ ކޮވިޑް-19 އަށް އަށް ފައްސިވެފައި ކަމަށެވެ.

މިއީ މިހާތަނަށް މާލޭ ތެރެއިން ކޮވިޑް-19 ޖެހިފައި ހުއްޓާ ފެނުނު ފުރަތަމަ މީހާއެވެ. އަދި ދިވެހިންގެ ތެރެއިން މި ބައްޔަށް ފައްސިވި ހަވަނަ ވަނަ މީހާއެވެ.

މީނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މާލެ ތެރެއިން ފުރަތަމަ ފަހަރަށް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގައި ކޮރޯނާވައިރަސް ކޮމިޔުނިޓީ ސްޕްރެޑް ނޫނީ މުޖުތަމައުގެ ތެރެއަށް ފެތުރިއްޖެ ނަމަ، 98،501 މީހުންނަށް ބަލިޖެހޭނެ ކަމަށް އެޗްޕީއޭ އިން އެކުލަވާލި ދިރާސާއިން ވަނީ ދައްކައިފަ އެވެ.

ރާއްޖޭގައި ބަލީގެ ހާލަތާ ގުޅޭގޮތުން އެޗްޕީއޭ އިން އެކުލަވާލާފައިވާ އެޕިޑޮމިލޮޖިކަލް ސާވޭ ރިޕޯޓުގައި ހުރި މައުލޫމާތު ރޭ އާންމު ކުރިއިރު އެ ރިޕޯޓުގައި ބުނީ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ، ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިގަނެ، 10،891 މީހުން ރާއްޖެއިން މަރުވާނެ ކަމަށެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަަމަ، މާލެ ސަރަހައްދުން އެކަނި 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ އެވެ. އެހެން ސަރަހައްދުތަކުން 51،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top