ދަރަވަންދޫ ގައި ސޭފްޓީ ބޯޑު ބަހައްޓަނީ

DSCN7780.jpg

ދަރަވަންދޫ -- އީވީ ފައިލް ފޮޓޯ

ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން  ދަރަވަންދޫގައި ސޭފްޓީ ބޯޑު ބަހައްޓަން ނިންމައިފިއެވެ.

ދަރަވަންދޫ އާއެކު ރާއްޖޭގެ 19 ރަށެއްގައި 43 ސޭފްޓީ ބޯޑު ބެހެއްޓުމަށް ނިންމާފައިވާ އިރު މި ޕްރޮޖެކްޓްގައި ދަރަވަންދޫ ހިމަނާފައިވަނީ 100އަށް ވުރެ ގިނަ އެނދު ހުންނަ ރަށްރަށަށް އިސްކަން ދޭ އުސޫލުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މި ބޯޑުތައް ބަހައްޓަން މިހާރުވަނީ ހަވާލުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެންމެ ފުރަތަމަ މި ބޯޑުތައް ބަހައްޓާފައިވަނީ ހުޅުމާލޭގަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް 45 ދުވަސް ތެރޭގައި މި ބޯޑުތައް ބަހައްޓާ ނިމޭނެ ކަމަށެވެ.

“މިނިސްޓްރީ އާއި ލިކަމެކްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 45 ދުވަސް ތެރޭގައި މި މަސައްކަތް ނިންމަން ޖެހޭނެ. އަޅުގަނޑުމެން ބެލީ 100 އެނދަށް ވުރެ ގިނަ އެނދު ހުންނަ ރަށްތަކަށް އިސްކަން ދިނުމަށް،” އަލީ ވަހީދު ވިދާޅުވި އެވެ.

މި ރަށްތަކުގައި ސޭފްޓީ ބޯޑުތައް ބަހައްޓަނީ ޓޫރިޒަމް މިނިސްޓްރީ އާއި ލިކަމެކް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top