ބ.ފުޓްބޯލް ޗެލެންޖް: ތުޅާދޫގެ މައްޗަށް ކިހާދޫ ކުރިހޯދައިފި

DSCN8583.jpg

ތުޅާދޫ އާއި ކިހާދޫ މިއަދު ބައްދަލު ކުރި މެޗް.-ފޮޓޯ :އީވީ

ބ.ފުޓްބޯޅަ ޗެލްންޖް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އޭދަފުށީގައި ކުޅުނު މެޗު،2-4 ގެ ނަތީޖާއިން ތުޅާދޫގެ މައްޗަށް ކިހާދޫ ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ކިހާދު މިހާރު ވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނައިގައެވެ.

ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ހާފް ނިމެން އުޅެނިކޮށް 39ވަނަ މިނިޓުގައި ފުރަތަމަ ލަނޑުޖެހީ ކިހާދޫ ޓީމުން އަލީ ޖިނާހެވެ.

ދެވަނަ ހާފްގައި ކިހާދޫގެ ކުޅުން އިތުރަށް ވަރުގަދަކޮށް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެޓީމުގެ ހުސެން އިކުލީލު އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. ކިހާދޫ ޓީމުގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އަޔާޒްއެވެ. ކިހާދޫއަށް ލިބުނު ކައުންޓަރ އެޓޭކެއްގައި ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމްގެ ކެޕްޓަން ހުސެއިން އީމާން އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ އީމާންއެވެ.

ތުޅާދޫއަށް ދެލަނޑު ކާމިޔާބު ކޮށްދީފައިވަނީ އީމާން ލިޔާޒްއާއި ޝައްދާދް ޒަކީއެވެ. މިގްރޫޕްގެ ދެވަނައިގާ  ހިތާދޫ އޮތްއިރު ތިންވަނައިގައި އޮތީ ފެހެންދޫއެވެ.

މުބާރާތުގައި މާދަމާ ވާދަކުރާނީ ގްރޫޕް އޭގެ ކެންދޫއާއި ދޮންފަނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top