އިންޑިއާގެ ކޯރެއް ބަންޑުން ޖަހާލައި 24 ދަރިވަރަކު ގެއްލިއްޖެ

ހިމާލިޔާ ކޯރުގައި ބަޔަކު ޑިންގީއެއް ދުއްވަނީ. ކުދިންތައް ގެއްލުނީ މިކޯރަށްކަމަށްވޭ / ފޮޓޯ: އިންޓަނެޓް

ހިމާލިޔާ ކޯރުގައި ބަޔަކު ޑިންގީއެއް ދުއްވަނީ. ކުދިންތައް ގެއްލުނީ މިކޯރަށްކަމަށްވޭ / ފޮޓޯ: އިންޓަނެޓް

އުތުރު އިންޑިއާގެ ހިމާލިޔާ ވާދީގައި ކޯރެއް ބަންޑުން ޖަހާލައި، ކޯރުގެ ފެންގަނޑުގެ ތެރެއަށް 24 ކިޔަވާ ކުދިން ގެއްލިއްޖެ އެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަނީ އިންޑިއާގެ ވީއެންއާރު ކޮލެޖްގައި ތައުލީމު ހާސިލް ކުރަމުންދާ 24 ދަރިވަރެކެވެ.

މި ދަރިވަރުން މި ސަރަހައްދުގައި މަޑު ކުރީ ހައިދަރްއާބާދް ގެ އުތުރުން އޮންނަ މަނާލީ ރިސޯޓަށް ދިޔަ މަގުމަތީ އެ ސަރަހައްދު ފޮޓޯނެގުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އުތުރު އިންޑިއާގެ ސްޓޭޓް މިނިސްޓަރު ޖީއެސް ބާލީ ވިދާޅުވީ އެ ކުދިން ހޯދުމުގެ މަސައްކަތް މިހާރު ރެސްކިއު ޓީމްތަކުން ފަށާފައިވާ ކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވަނީ މި ހާދިސާގައި ބައެއް ކުދިން ގެނބިފައިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް ވަގުތުން ވަގުތަށް އެ ސަރަހއްދައް ރެސްކިއު ޓީމް ފޮނުވާފައިވާނެ ކަމަށް އެ ޤައުމުގެ ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.

އެސަރަހައްދުގެ އޮފިޝަލެއް ވިދާޅުވި ގޮތުގައި، ފެން ބޮޑުވީ އެ ސަރަހައްދުގައި ހުރިހައި ޑްރޯއިލެކްޓްރިކް ޕަވަރ ޕްލާންޓެއް، ނުވަތަ ފެނުން ހަކަތަ އުފައްދާ ޕްލާންޓެއްގެ ސަބަބުންނެވެ.

އުތުރު އިންޑިއާގައި މިފަދަ ހައިޑްރޯ އިލެކްޓްރިކް ޕަވަރ ޕްރޮޖެކްޓް ތަކުގެ ސަބަބުން ހާހެއްހާ މީހުން މިދިޔަ އަހަރުވެސް މަރުވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން މި ދިޔަ އޭޕްރީލް މަހު ނެރުނު ރިޕޯޓެއްގައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top