ކިހާދޫ މީހަކު “މާވަހަރެއް” ހޮވައިފި

ކިހާދޫ އަހްމަދު ޝަރީފް މިއަދު ހޮވި މާވަހަރުކަމަށްބެލެވޭ އެތި. މީގެ ބަރުދަނުގައި 7ކިލޯބައި ހުންނަކަމަށް އެރަށު ކައުންސިލުން ބުނޭ / ފޮޓޯ: ކޭއެލް ޑޮޓްކޮމް

ކިހާދޫ އަހްމަދު ޝަރީފް މިއަދު ހޮވި މާވަހަރުކަމަށްބެލެވޭ އެތި. މީގެ ބަރުދަނުގައި 7ކިލޯބައި ހުންނަކަމަށް އެރަށު ކައުންސިލުން ބުނޭ / ފޮޓޯ: ކޭއެލް ޑޮޓްކޮމް

ހަތްކިލޯ ބައިގެ ބަރުދަންހުރި މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ބ. ކިހާދޫ މީހަކު މިއަދު ހޮވައިފިއެވެ.

ކިހާދޫ ކައުންސިލުން ބުނީ މިއަދު ހެނދުނު ހޮވި މިއެތި ނެގީ ކިހާދުއާ ކިހާދުއްފަރާ ދޭތެރޭގައި ދަތުރުކުރި އެރަށު ޑިންގީއަކަށް ކަމަށެވެ. ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް މިރޭ އީވީއަށް ވިދާޅުވީ ކިހާދޫ ކުރެންދޫގެ އަހްމަދު ޝަރީފްހޮވި މާވަހަރުކަމަށް ބެލެވޭ މިއެއްޗަކީ ހުދަންބަރެއްކަމަށް ބައެއް މީހުން ބުނާކަމަށެވެ. އަދި އެއެތި ޓެސްޓްކުރުމަށް މާލެގެންދަން އުޅޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ޝަރީފް އެކަނި ޑިންގީގައި ނުކުމެ އުޅެނިކޮށް ފެނުނު އެއްޗެއްކަމަށް ވަނީ. އަޅުގަނޑު ބަރުދަން ބެލިން. ހަތްކިލޯ ބައިހުރި. ދެންމީހުން ބުނޭ ހުދަންބަރެކޭވެސް” ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ މިއެތި ބެލުމަށްޓަކައި ގިނަބަޔަކު އެގެއަށް ޒިޔާރަތްކުރަމުންދާކަމެވެ.

ކިހާދޫ ބަޔަކު އެންމެ ފަހުން މާވަހަރެއް ހޮވާފައިވަނީ މީގެ 28 އަހަރުކުރިންނަމަވެސް، މީގެ ފަސްއަހަރެއްހާ ދުވަސްކުރިން ބ. އަތޮޅުގެ އުތުރުބިތުގެ ސަރަހައްދުން ފުޅަދޫ ބަޔަކު 2 ކިލޯއަށްވުރެ ބަރު މާވަހަރެއް ހޮވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top