ނޯތު ޕޮލިސް ޑިވިޝަންގެ އާކޮމާންޑަރަކަށް އަބްދުﷲ ނަސީރު

ނޯތު ޕޮލިސް ޑިވިޝަންގެ އާކޮމާންޑަރު ޕޮލިސް އިންސްޕެކްޓަރ އަބްދުﷲ ނަސީރު

ނޯތު ޕޮލިސް ޑިވިޝަންގެ އާކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ނަސީރު

ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަޤާމްގައިހުންނެވި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އިޒްމިއާ ޒާހިރުގެ ބަދަލުގައި އެމަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް ،އޭދަފުށީ / މީނާޒް އަލްފާޟިލް އަބްދުﷲ ނަސީރު ކަނޑައަޅުއްވައިފިއެވެ.

ނޯތު ޕޮލިސް ޑިވިޝަންގެ މަގާމަށް އަބްދުﷲ ނަސީރު އައްޔަން މިކުރެއްވީ، އިޒްމިއާ ޒާހިރުގެ މުއްދަތުހަމަވުމާ ގުޅިގެންނެވެ. އަހަރަކު އެއްފަހަރު ބަދަލުވާ މިމަގާމުގައި ފާއިތުވި ދެއަހަރުވެސް ހުންނެވި އިޒްމިއާގެ ފެއާވެލް ޕާޓީ ހޯމަދުވަހުގެރޭ އޭދަފުށީ ޕޮލިސް ސްޓޭޝަންގައި ވަނީ ބާއްވާފައެވެ.

ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭދަފުށީގައި ހުންނަ ޕޮލިސް ސްޓޭޝަންގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top