ސައުދި އަރަބިއްޔާގެ ހޮސްޕިޓަލެއްގައި ކުރި 17 ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ގުޅިފައި ތިބި އެއްމާބަނޑު ދެކުދިން ވަކިކޮށްފި އެވެ.
މި އޮޕަރޭޝަންކޮށްފައިވަނީ ރިޔާދުގެ ކިންގ އަބްދުލް އަޒީޒް މެޑިކަލް ސިޓީގައި އެވެ. މި އޮޕަރޭޝަންގައި ބައިވެރިވި މެޑިކަލް ޓީމުން ބުނާ ގޮތުން މިއީ މިހާތަނަށް ކުރެވުނު އެންމެ އުނދަގޫ އޮޕަރޭޝަނެވެ.
ރިޕޯޓުތައް ބުނާ ގޮތުން ސޫދާންއަށް ނިސްބަތްވާ ކުޑަ ދެކުދިން ގުޅިފައިވަނީ އެއް ކުއްޖެއް އަނެއް ކުއްޖެއްގެ ހަށިގަނޑާއި އެވެ.
އެގޮތުން ޑޮކްޓަރުން ވިދާޅުވި ކަމަށް މީޑިއާތަކުގައި ބުނެފައިވަނީ ދެފިރިހެން ކުދިންގެ ތެރެއިން ދަރިމައިވުމުގެ ނިޒާމް އުފެދިފައިވަނީ އެންމެ ކުއްޖެއްގެ ކަމަށާއި އަދި އެއް ކުއްޖެއްގެ ކުޑަކަމުދާ ނިޒާމުތައް ވެސް ދެމެހެއްޓިފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ގޮސްފައިވަނީ 9 ސްޓޭޖެއް ކަޑައްތުކުރުމަށްފައެވެ.
“މިއީ މިހާތަނަށް ކުރެއްވުނު އެންމެ އުނދަގޫ އޮޕަރޭޝަން މި ގައުމުގައި، އެކަމަކު މިއީ ކާމިޔާބު އޮޕަރޭޝަނެއް.” ކުރީގެ ސައުދީ ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.