ފުޅަދުއަށް އާ ޖެނެރޭޓަރެއް ގެންގޮސްފި

DSCN4480.jpg

ބ.ފުޅަދޫ --އީވީ ފައިލް ފޮޓޯ

ބ. ފުޅަދުއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 250ކިލޯ ވޯޓުގެ އާ ޖެނެރޭޓަރެއް ފެނަކަ އިން އެރަށަށް ގެންގޮސްފި އެވެ.

ފެނަކަ، ފުޅަދޫ ބްރާންޗުގެ އެސިސްޓެންޓު މެނޭޖަރު މުހައްމަދު ޝާނީޒް ވިދާޅުވި ގޮތުގައި މި ޖެނެރޭޓަރު  ހިންގަން ފެށުމުން ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ އެވެ.

“މިހާރު އެވްރެޖް ބޭނުން ކުރެވެނީ 160 ކިލޯވޯޓު. އެެހެންވީމާ އަލަށް ލިބުނު ޖެނެރޭޓަރާއެކު ފުޅަދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މުޅިން ހައްލު ވެގެން ދާނެ. ” ޝާނީޒް ވިދާޅުވި އެވެ.

ޝާނީޒް ވިދާޅުވީ އާ ޖެނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް މިއަދު ފެށިގެން ކުރިއަށް އެބަ ދާ ކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 360މީހުން ދިރިއުޅޭ ފުޅަދުއަށް ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރަނީ 128 ކިލޯވޯޓުގެ ޖެނެރޭޓަރަކާއި 160 ކިލޯވޯޓުގެ ޖެނެރޭޓަރެކެވެ.

ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކައިން ކަރަންޓުގެ ހިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top