އޭދަފުށީގައި މޫދަށްއެރޭތަނެއް ހަދަނީ ؟ !

DSCN2023.jpg

އޭދަފުށީ ދެކުނު ފަރާތުގައި މޫދަށް އެރޭ ސަރަހައްދެއް ހެދުމަށް ބޭނުންވާތީ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން އޭދަފުށީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

ރަށު ކައުންސިލުން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ އީއައިއޭ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށާ މި މަހުގެ 17 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭކަމަށެވެ.

އޭދަފުށީގައި މޫދަށް އެރުމަށް ޚާއްސަ ސަރަހައްދެއް ނެތުމުގެ ޝަކުވާ ރައްޔިތުން ކުރަމުން ދާތާ ގިނަދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާ އިރު ކުރީ ސަރުކާރު ގައި މިކަމަށް އެދި ރައްޔިތުންގެ ފަރާތުން ވެސް ވަނީ ދަންނަވާފައެވެ.

މިހާރު އާއްމު ގޮތެއްގައި އޭދަފުށީ މީހުން މޫދަށްއެރި އުޅެނީ ރަށުގެ ދެ ދިމާލުގައި ހިއްކާފައިވާ ސަރަހައްދުގައި ހަދާފައިވާ ތަންކޮޅަކަށެވެ. އެ ދެތަނަށް ވެސް މޫދަށް އެރެން ޖެހެނީ ގޮނޑުދޮށް ހިމާޔަތް ކުރަން ޖަހާފައިވާ ބޮޑު ހިލަތަކުގެ މަތީގައި އާއްމުންގެ ބަޔަކު ހަދާފައިވާ ސިޑިއަކުން ފައިބައިގެން ގޮހެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top