އޭދަފުށީ އިންޖީނުގޭގެ މެނޭޖަރ، އަންވަރު ސަސްޕެންޑް؟!

އަންވަރު.jpg

އަހްމަދު އަންވަރު

ފެނަކަ ކޯޕަރޭޝަން އިން ހިންގާ އޭދަފުށީ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރ، އަހުމަދު އަންވަރު ވަޒީފާއަށް ނުނުކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފި އެވެ.

އީވީއަށް ޔަގީން ވެފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކުރިކަން އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

މި ޚަބަރު ޔަގީން ކޮށްލުމުގެ ގޮތުން އަންވަރަށް ގުޅާލުމުން އޭނާ ފޯނެއް ނުނަންގަވަ އެވެ. ބ.ރީޖަނަލް އޮފީހަށް ގުޅާލުމުން ވިދާޅުވީ އެއްވެސް މައުލޫމާތެއް ދިނުމަށް އުޒުރުވެރިވާ ކަމަށެވެ. އިންޖީނުގޭގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި އަންވަރު މިއަދު އޮފީހަކަށް ނުނިކުންނަވައެވެ. އަދި އޭނާ ވަނީ ސަސްޕެންޑް ކޮށްފައިކަމަށް އެމީހުން ބުނެއެވެ.

އީވީއަށް އެނގިފައިވާ ގޮތުގައި އަންވަރުގެ ކެބިންއާ އޭނާގެ ބެލުމުގެ ދަށުގައި ހުރި އޮފީހާގުޅުން ހުރި ހުރިހާ އެއްޗެއްވެސް މިހާރުވަނީ ރީޖަނަލް އޮފީހާ ހަވާލު ކޮށްފައެވެ.

1996 ވަނަ އަހަރުން ފެށިގެން އޭދަފުށި އިންޖީނުގޭގެ މެނޭޖަރެއްގެ މަގާމުގައި ހުންނެވި އަންވަރުވަނީ 2009 ވަނަ އަހަރުވެސް އިންޖީނުގޭގެ ވަޒީފާއިން ވަކި ކޮށްފައެވެ. ނަމަވެސް ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ، 2012 ވަނައަހަރުގެ ތެރޭގައި އޭނާއަށް އަލުން ވަޒީފާ ދެއްވި އެވެ.

އެއަށްފަހު 2017ވަނަ އަހަރުވެސް ގދ.ކޮނޑޭ އިންޖީނުގެއަށް އަންވަރު ބަދަލުކުރި އެވެ. ނަމަވެސް އެވަޒީފާ އާ ހަވާލުވުމަށް އެރަށަށް ދިއުމުގެ ކުރިން ވަޒީފާ އަނބުރާ ރުޖޫއަ ކުރިއެވެ.

މި ސަރުކާރު ވެރިކަމަށް އައީ ވަކި ޕާޓީއަކަށް ނުވަތަ ކުލައަކަށް ނުބަލާނެ ކަމަށާ އެއްވެސް މުވައްޒަފަކާމެދު ތަފާތުނުކޮށް ކަންތައް ކުރައްވާނެކަމުގެ ވައުދާއި އެކުގައެވެ. ނަމަވެސް މިހާރު ފެނިގެން މިދަނީ ކޮންމެ ދުވަހަކުވެސް ސަރުކާރުގެ ކުންފުނިތަކުންނާއި އިދާރާތަކުން މުވައްޒަފުން ވަކިކުރުމާއި، ސަސްޕެންޑް ކުރުމާއި ވަޒީފާ އަދާކުރާތަން ބަދަލުކުރަމުން ދާތަނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top