ބ.އަތޮޅުގެ ރިސޯޓުތަކުން އެންމެެ ގިނައިން ސާވިސްޗާޖް ދީފައިވަނީ ފޯސީޒަން

164629881.jpg

ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ޖަނަވަރީ މަހު އެންމެ ގިނައިން ސާވިސްޗާޖް ދީފައިވަނީ ފޯސިޒަން ލަނޑާ ގިރާވަރުގެ މުވައްޒަފުންނަށް ކަމަށް ތަފާސް ހިސާބުތަކުން ބުނެފި އެވެ. ތަފާސް ހިސާބުގައި ވާގޮތުން އެ ރިސޯޓުން މި މަހު ކޮންމެ މުވައްޒަކަށް 33478 ރުފިޔާ ދީފައި ވެއެވެ.

ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ފައިސާ ސާވިސް ޗާޖްގެ ގޮތުގައި ދީފައިވަނީ އަނަންތަރާ ކިހަވައް ވިލާސް އިންނެވެ. އެރިސޯޓުން ސާވިސްޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 27000 ރުފިޔާ ދީފައިވެ އެވެ.  ތިންވަނައަށް ބ.މުއްދޫގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް އިންނެވެ. އެރިސޯޓުން ކޮންމެ މުވައްޒަފަކަށް 19800 ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން  ބ.ވައްކަރުގައި ހިންގާ ވައްކަރު މޯލްޑިވްސް ރިސޯޓުން ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 17500ރުފިޔާއެވެ.

ފާހަގަކުރެވޭ އެހެން ރިސޯޓު ތަކަށް ބަލާއިރު އެއް ކުންފުންޏަކުން ހިންގާ އަމިއްލަފުއްޓާއި ފިނޮޅު މޯލްޑިވްސް އިން ކޮންމެ މުވައްޒަފަކަށް 15400ރުފިޔާ ލިބިފައިވާއިރު މިލައިދޫ ރިސޯޓުން މިފަހަރު މުވައްޒަފަކަށް ލިބިފައިވަނީ 5700ރުފިޔާއެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން މިމަހުވެސް އެންމެ ގިނައިން ޗާޖް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނެވެ. އެރިސޯޓުން މިމަހު ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖްގެ ގޮތުގައި 46507ރ. ލިބިފައިވެއެވެ.

ދެވަނައަށް އެންމެ ގިނައިން މުވައްޒަފުންނަށް ސާވިސް ޗާޖް ދީފައިވަނީ ރަންދެލި ރިސޯޓުންނެވެ. އެރިސޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖްގެ ގޮތުގައި 39700ރ. ދީފައެވެ. ވަން އެންޑް އޮންލީ ރީތި ރަށުން ވެސް ސާވިސް ޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 39250ރ. ލިބިފައިވެ އެވެ.

ރާއްޖޭގެ 57 ރިސޯޓަކުން މިހާތަނަށް މިދިޔަ މަހުގެ ސާވިސް ޗާޖުން ލިބުނު ފައިސާ ވަނީ މުވައްޒަފުންނާއި ހަވާލު ކޮށްފައެވެ. އެންމެ މަދުން ފައިސާ ދީފައި ވަނީ ކުރަމަތި މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން މުވައްޒަފަކަށް ލިބިފައިވަނި 1927 ރުފިޔާ އެވެ.

80 ރިސޯޓުން މުވައްޒަފުންނަށް އެއްވެސް ވަރެއްގެ ސާވިސް ޗާޖެއް ދީފައެއް ނުވެއެވެ. އޭގެ ތެރޭގައި ނަން މަޝްހޫރު ރިސޯޓްތައް ވެސް ހިމެނެއެވެ.

މުވައްޒަފުންނަށް ސާވިސް ޗާޖްގެ ފައިސާ ދިނުމުގައި ރިސޯޓްތަކުން ހަމަހަމަ އުސޫލެއް ނުގެންގުޅޭ ކަމުގެ ވާހަކައާއި އެކަމުގެ ޝަކުވާ ރިސޯޓުތަކުގައި މަސައކަތް ކުރާ މުވައްޒފުން ކުރެއެވެ. އެކަމަކު ސަރުކާރުން މި ޝަކުވާތައް އަޑުއަހައި މިކަން ހައްލު ކުރާކަށް މަސައްކަތެއް ނުކުރާކަމަށް އެމުވައްޒަފުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top