މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއް: ޚުތުބާ

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅު ތަކެއް ކަމަށް ކަމަށާއި މައިންބަފައިންގެ ރުހުން ލިބުމަކީ, ދަރިންނަށް ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ އަގުބޮޑު އެއްޗެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައްވާފައިވަނީ މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއް“ މި މައުޟޫއަށެވެ. 

ޚުތުބާގައި ބުނީ މާތްﷲ އަށާއި ރަސޫލާއަށް އަދާކުރަން ޖެހޭ ހައްގުތައް އަދާކުރުމަށްފަހު ދެން އަދާކުރަންޖެހޭ އެންމެ އިސް ހައްގަކީ މައިންބަފައިންގެ ހައްގުތައް ކަމަށާއި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި އެކަމަށް ބާރުއަޅުއްވާ ކަމަށެވެ.

ޚުތުބާގައި ބުނީ، މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރިވުމަކީ ސުވަރުގެއަށް ހުޅުވުފައިވާ ދޮރެއް ކަމަށާއި މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރި ނުވުމަކީ ސުވަރުގޭގެ މަތިވެރި ނިއުމަތުން މަހުރޫމު ވެގެންދާނެ ކަމެއް ކަމަށެވެ.

މުސްކުޅިވެފައިވާ މައިންބަފައިންނަށް ހިދުމަތް ކުރާނެ ފުރުސަތު ލިބުމަކީ، އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރި ވާންޖެހޭ ކަމެއް ކަމަށާއި، ސަބަބަކީ އޭނާއަށް ސުވަރުގޭގެ ދޮރުކޮޅެއް ހުޅުވައިދެއްވީތީ ކަމަށް ޚުތުބާގައި ބުންޏެވެ.

ބައެއް މީހުން ހީކުރާ ގޮތުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތަންވާނީ އެމީހުން އެކަމަށް އެދުމުން ކަމަށް ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ. އެކަމަކު މައިންބަފައިން ކަމަަކަށް އެދޭނަމަ އެކަމެއް ކޮށްދޭން ވާނެ ކަމަށާއި އެމީހުންނަށް ކަމެއް ބޭނުންވިޔަސް އަދި ނުވިޔަސް ދަރިން މައިންބަފައިންނަށް އަބަދުވެސް ހެޔޮކޮށް ހިތަން ވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މައިންބަފައިންނަށް އަޅައިލުމާއި ކަމޭހިތުމަކީ އެކަމުގައި ޖަދަލުކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި މައިންބަފައިންގެ ހިތުގައި ޖެހުނަ ދީގެން ނުވާނެ. “ޚުތުބާގައިބުންޏެވެ. 

މިއަދު ބައެއް ދަރީން މައިންބަފައިންނަށް ފުރަގަސްދީފައިވާ ކަމަށާއި އެމީހުން ދެކޭ ގޮތިގައި މުސްކުޅި މައިންބަފައިން އުޅެން ޖެހެނީ ނުކުޅެދޭ މީހުންނަށް ޚާއްސަ ހިޔާވަހިތަކުގައި ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top