ބ.އަތޮޅުގެ ތިން ރަށެއްގައި ބޮޑު އީދަށް ހަވާ އަރުވާނެ

DSCN7183.jpg

ކުރިން އޭދަފުށީގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތުގެ ތެރެއިން

މިއަހަރުގެ ބޮޑުއީދުގައި ބ.އަތޮޅު ތިން ރަށެއްގައި ހަވާ އަރުވަން ހަމޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފުން މައުލުމާތު ދިން ގޮތުގައި އެ ތިން ރަށަކީ އޭދަފުއްޓާއި ފުޅަދުއާއި ދަރަވަންދޫ އެވެ. އެހެން ނަމަވެސް އެއީ ވިޔަފާރި އުސޫލުން ކުރާ ކަމެއް ކަމަށާއި މި ތިން ރަށާއެކު ޖުމްލަ 18 ރަށުގައި ހަވާ އަރުވާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއްވި އެވެ.

އޭދަފުށީގައި ހަވާ އެރުވުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ރަށު ކައުންސިލާއި ކްލަބް ބިގިނާސް ގުޅިގެންނެވެ.

”އީދު އުފާ 1443“ ގެ ނަމުގައި އޭދަފުށީގެ ކްލަބް ޖަމިއްޔާ ތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އޭދަފުށީ ކައުންސިލް ގުޅިގެން މިއަހަރުގެ އީދު ކުލަގަދަ ކުރުމުގެ ގޮތުން ވަރަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އޭގެ ތެރޭގައި އީދު ބަޑި ޖެހުމާއި ކުލަފެސްޓިވަލް އަކާއި ބަައިބަލާ މުބާރާތެއްގެ އިތުރުން މިއުޒިކްޝޯ އާއި މަސް ރޭހަކާއި ސަގާފީ ކުޅިވަރުތައްވެސް ހިމެނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top