މުދަލުގެ އަގު އަދިވެސް ބޮޑުވެދާނެ: އަމީރު

photo_2022-07-05-11.25.58-850x548.jpeg

މުދަލުގެ އަގު އަދިވެސް އިތުރަށް ބޮޑުވެދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މި އަހަރު ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށެވެ. އަދި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިނަށް އިތުރު ގޮންޖެހުންތަކެއް ތަކެއް ކުރިމަތިވެ، މުޅި ދުނިޔޭގައި ވެސް ތަކެތީގެ އަގުތައް ދަނީ މަތިވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އަދި ވަކީން ހާއްސަކޮށް ކާބޯތަކެތީގެ އަގު އުފުލިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އިގްތިސާދަށް އަރާ ލޮޅުންތައް ރާއްޖެއަށް ކުރާނެ ކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ވެސް އަގުތައް މައްޗަށް ދާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ކޮވިޑަކީ ރާއްޖޭގެ އިގްތިސާދަށް އެރި އެންމެ ބޮޑު ލޮޅުން ކަމަށާއި އެހެންނަމަވެސް ރާއްޖެއަކީ އެންމެ ފަސޭހައިން އަވަހަށް އިއާދަވި ގައުމު ވެސް މެއެވެ.

އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 37 އިންސައްތަ ކުރިއެރި ކަމަށާއި މިއަހަރު ވެސް މެދުމިނެއްގައި ބަލާ ނަމަވެސް 13 އިންސައްތައިގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، ތެލުގެ އަގު މި އަހަރު އުފުލުމަށް ފަހު ދިގު މުއްދަތަކަށް އަގުތައް މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top