2015ވަނައަހަރުގެ ޓޮޕް ފްލޮޕް ފިލްމްތައް

Top-10-Flop-ovies.jpg

ނިމިގެން ދިޔަ 2015ވަނަ އަހަރަކީ ބޮލީވުޑްގެ ތާރީޚްގައި ގިނަ ފިލްމުތަކެއް އުފެއްދި އަހަރެއް ކަމުގައި ވިޔަސް މީހުންގެ މަގުބޫލުކަން ނުވަތަ ހިޓް ފިލްމުތަކެއް އުފެއްދުނު އަހަރަކަށް ނުވެއެވެ. ބަޖްރަންގީ ބައިޖާން އާއި ތަންނޫ ވެޑްސްމަނޫ ރިޓާންސް އަދި ޕްރޭމް ރަތަން ދަން ޕާއޯ ފަދަ މަދު ފިލްމެއް ހިޓް ވިޔަސް ގިނަ ފިލްމުތަކެއްވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފައެވެ.

މިބަލާލަނީ ޓޮޕް 10 ފްލޮޕް ފިލްމަށެވެ.

ބޮމްބޭ ވެލްވެޓް : ރަންބީރުކަޕޫރާއި އަނުޝްކާ ޝަރްމާގެ މިފިލްމް ހީހުރިވަރާ ގާތަށް ވެސް ހިނގާފައެއް ނުވެއެވެ. 110 ކުރޯޑު ރުޕީސްގެ ބަޖެޓަކުން ފެށި މިފިލްމަށް ބޮކްސްއޮފީހުގައި ލިބިފައިވަނީ އެންމެ 23.87 ކުރޯޑު ރުޕީސް އެވެ. މިހާ ބޮޑު ގެއްލުމެއް ލިބުމުން މިކަން ބޮލީވުޑުން ފާހަގަކޮށްފައިވަނީ ޝޮކެއްގެ ގޮތުގައެވެ.

Bombay-Velvet

ކައްޓީބައްޓީ : ޖެހިޖެހިގެން ދެފިލްމް ސުޕަރހިޓަކަށްވުމަށްފަހު ކަންގަނާރަނުއަތު ގެ ފިލްމީތަރި މެދު އުޑުގައި ފިޔަޖަހަންފެށިއެވެ. އަދި އޭނާގެ ތިންވަނަފިލްމު ބޮމްބޭވެލެވެޓް ވެސް ވާނީ ސުޕަރ ހިޓަކަށް ކަމަށް ހީކުރެވުނެވެ. އެހެންނަމަވެސް މި ފިލްމަށްް ދިމާވީ ނަސީބުދެރަ ގޮތެކެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައިވަނީ 23 ކުރޯޑު ނަމަވެސް އެހާ ބޮޑު ބަޖެޓަކުން ފެށި ފިލްމަކަށް ނުވާތީ މާބޮޑު ގެއްލުމަކާ ކުރިމަތިލާކަށް ނުޖެހުނެވެ.

ސިންގް އިޒް ބްލިންގ : އަކްޝޭ ކުމާރުގެ މި ފިލްމްވެސް ވީ ބޮޑު ފްލޮޕަކަށެވެ. މީގެ ކުރިން އޭނާ ކުޅެފައިވާ ސިންގއިޒް ކިންގއާ ގާތަށް ވެސް ފިލްމަކަށް ނާދެވުނެވެ. 92 ކުރޯޑު ބަޖެޓްގެ މިފިލްމަށް ހޯދުނީ 74 ކުރޯޑެވެ.

ޝާންދާރް : އާލިޔާ ބަޓް އަދި ޝާހިދުކަޕޫރުގެ ޝާންދާރް ބަލާލާހިތުން ތިބި އޭނާގެ ފޭނުން މި ފިލްމު ބަލައެއްނުގަތެވެ. ޑައިރެކްޓަރ ވިކާޝްބަލް މި ފިލްމްގެ ކުރިން ޑައިރެކްޓްކުރި ކްއީނަށް ލިބުނުވަރުގެ ބޮޑު ތަރުހީބެއް ލިބޭނެކަމަށް ހީކުރި ނަމަވެސް އެކަންދިމާވީއޭގެ އިދިކޮޅަށެވެެ. 68 ކުރޯޑު ޚަރަދުކުރި މި ފިލްމަށް ލިބިފައިވަނީ 38 ކުރޯޑު ރުޕީސްއެވެ.Shaandaar

ޝަމީތާބް : ސުޕަރސްޓާރ އަމީތާބްބައްޗަން ބައިވެރިވާ މި ފިލްމް ޕާފޯމް ކޮށްފައިވަނީ ވަރަށް ފަގީރު ކޮށެެވެ. ފިލްމްގެ ލީޑް ކުޅެފައިވަނީ އާ ދެތަރިން ކަމަށް ވާއިރު ފުދޭވަރަށް މި ދެތަރިން އިޝްތިހާރު ކުރުމަށް މަސައްކަތް ކޮށްފައި ނުވާކަމީ ފިލްމު ނުހިނގި އެންމެ ބޮޑު ސަބަބު ކަމުގައި ފާހަގަ ކޮށްފައި ވެއެވެ. 45 ކުރޯޑުގެ ބަޖެޓްގެ މި ފިލްމަށް 19 ކުރޯޑު ލިބުމަކީ ފިލްމަށް ޚަރަދު ކުރިވަރުގެ ދެބައިކުޅަ އެއްބައިވެސް ނުލިބުމެވެ.

ފެންތޯމް : ބޮޑުނަމެއްގައި ސައިފާއި ކެޓްރީނާ ލީޑް ރޯލްކުޅުނު މި ފިލްމްވެސް ވަނީ އޯޑިއަންސް ބަލައިނުގެންފައެވެ. ޕެންތޯމް ހަދާފައިވނީ 70 ކުރޯޑު ޚަރަދުކޮށްގެން ކަމުގައި ވިޔަސް ލިބިފައިވަނީ 50 ކުރޯޑެވެ.

Phantom

ރޯއި : ބޮމްބޭ ވެލްވެޓަށްފަހު އަނެއްކާވެސް މިއީ ރަންބީރު ކަޕޫރުގެ މެގަ ފްލޮޕް ފިލްމްތަކުގެ ތެރެއަށް އިތުރުވި ނަމެކެވެ. އަރްޖުންރާމްޕާލްއާއި ޖެކޮލިން ފެނާންޑޯވެސް ހިމަނައިގެން ކުޅެފައިވާ މި ފިލްމްގެ ބަޖެޓަކީ 40 ކުރޯޑެވެ. ފިލްމަށް ބޮކްސްއޮފީހުގައި ހޯދިފައިވަނީ 36 ކުރޯޑެވެ.

Roy

ތޭވަރު: މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކޮށްފައިވާ މި ފިލްމަކީ އަރްޖުންކަޕޫރުއާއި ސޮނާކްޝީ ސިންހާ ގެ ކެމިސްޓްރީ މޮޅުކަމަށް ގިނަބަޔަކު ގަބޫލުކުރާ ފިލްމެކެވެ. އެހެންނަމަވެސް ފިލްމްވަނީ ބޮކްސްއޮފީހުގައި ފެއިލްވެފައެވެ. 60 ކުރޯޑުގެ “ތޭވަރު” އަށް ލިބިފައިވަނީ 34 ކުރޯޑެވެ. ބޮޑު ފަރަގަކާއެކު ބޮޑުގެއްލުމަކާ ކުރިމަތިލާންޖެހުން ފިލްމެކެވެ.

ހަވާއި ޒާދާ : އަޔުޝްމަން ކުރާނާގެ މި ފިލްމކީ އަހަރުގެ އެންމެ ބޮޑުފްލޮޕްގެގޮތުގައި ފާހަގަކުރާ ފިލްމެވެ.ފިލްމަށް ލިބިފައިވަނީ އެންމެ ތިން ކުރޯޑު ރުޕީސްއެވެ.

Hawaizaada

ކުޗްކުޗްލޯތާހޭ : މިއީ އެހާ ބޮޑު ބަޖެޓެއްގެ ފިލްމެއްނޫނެވެ.ރާމްކަޕޫރާއި ސަނީ ލިއޯންގެ މިފިލްމަށް ލިބިފައިވަނީ 4ކުރޯޑެވެ. އެކަމަކު ފިލްމަށް ޚަރަދުވި 16 ކުރޯޑާ އަޅާބަލާއިރު ލިބުނު ގެއްލުން ކުޑައެއްނޫނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top