ޝައިޚް ޢުޘްމާން ޢަބްދުﷲ އަވަހާރަވެއްޖެ

2958196a-6464-41c0-acda-9d1b5d691519.jpeg

އައްޝައިޚް ޢުޘްމާން ޢަބްދުﷲ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އުސްމާން އަބްދުﷲ އުމްރީ އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 80 އަހަރުފުޅުގައި ޝެއިހް އުސްމާން އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ސައުދީ އަރަބިއާގެ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ކިޔަވާ ވިދާޅުވި ޝެއިޚް އުސްމާން ވަނީ އެކި ފަހަރު މަތީން އިސްލާމިކް މިނިސްޓްރީގައި ޚިދުމަތް ކުރައްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ، ދިވެހި އުންމަތުގެ އިސްލާމީ ފަހުރެއް ކަަމަށްވާ ޝައިހް، ހިތްތިރި ޝަރަފްވެރި، އަދި ޒަކާތަށް ދިވެހިން ހޭލައްވާލި އިލްމުވެރިޔާ ޝެއިހް އުސްމާން އަވަހާރަވި ހަބަރު އެއްސެއްވީ ނުހަނު ހިތާމައާއި އެކުގައި ކަމަށެވެ.

ޝަހީމް، ޝެއިޚް އުސްމާން ސިފަކުރެއްވީ “ހިތްތިރި، ޚުލްޤުހެޔޮ އަދި ޝަރަފުވެރި” ބޭފުޅެއްގެ ގޮތުގައެވެ.

މީގެ އިތުރުން، ދިވެހިން ދީނީ ގޮތުން ހޭލުންތެރި ކުރުމަށް ޝެއިޚް އުސްމާން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުވި ޒަކާތާ ބެހޭ އޮފީހުގައި ޝެއިޚް އުސްމާން ގިނަ މަސައްކަތްތަކެއް ކުރައްވައި، މުދަލުން ޒަކާތް ދިނުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ގައުމު ހޭލުންތެރި ކުރެއްވިއެވެ. އަދި ދީނީ ތަފާތު މައުޟޫތަކާ ބެހޭ ގޮތުން ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް، ވަރަށް ފަހަކާ ޖެހެންދެން ވެސް މައުލޫމާތު ފޯރުކޮށްދެއްވަމުން ގެންދެވިއެވެ.

ޝެއިހް އުސްމާންގެ ކަށުނަމާދު އޮތީ މިއަދު އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top