ފުރަތަމަޓާމް ނިމި އެއްހަފްތާއަށް ސްކޫލްތައް ބަންދު

17021591_1776737905686085_7658545674951408728_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ރިޕޯޓްފޮތް ދިނުމަށް ފަހުު އެއް ހަފްތާގެ މުއްދަތަށް ސްކޫލުތައް ބަންދުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުގައި ޗުއްޓީ ނިމި ސްކޫލުތައް ދެން ހުޅުވާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ފިތުރު އީދާ އެކު ލިބޭ ތިން ދުވަހާ އެކު އިތުރު ދެ ދުވަހަށް ސަރުކާރު ބަންދުކުރަން ނިންމުމުން އެ ހަފްތާ ވެސް ސްކޫލްތައް ބަންދު ވާނެއެވެ.

އެހެންކަމުން މި މަހުގެ 18 އިން 22 އަށް ކިޔަވައިދިނުމަށް ފަހު، އީދު ޗުއްޓީ ނިންމައި ދަރިވަރުން ސްކޫލްތަކަށް ނުކުންނާނީ އަންނަ މަހުގެ 2 ވަނަވާ އާދީއްތަ ދުވަހު އެވެ.

މި އަހަރުގެ ފުރަތަމަ ޓާމްގައި 104 ދުވަހު ކިޔަވައިދީފައިވާއިރު، ދެވަނަ ޓާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ 102 ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top