“ޕެލޯރަސް” ރީބްރޭންޑްކޮށް އަލުން ހުޅުވަނީ

pe.jpg

ޕެލޯރަސް ފިހާރައިގެ ޖީއެމް ފިހާރައިގައި ހުރެގެން އީވީއަށް މައުލޫމާތު ދެނީ / ފޮޓޯ: އޭދަފުށި ވޮއިސް

މީގެ 10 ވަރަކަށް އަހަރު ކުރިން އޭދަފުށީގައި ބޮޑު މަޝްހޫރުކަމެއް ހޯދި، ގާމެންޓްސް އަދި ކޮންމެޓިކްސްގެ ފިހާރަ “ޕެލޯރަސް” ރީބްރޭންޑް ކޮށް އަލުން ހުޅުވަން ތައްޔާރުވެއްޖެއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ވަގުތީގޮތުން ބަންދުކުރުމަށްފަހު އަލުން “ޕެލޯރަސް” ހުޅުވާނީ މިރޭ ކަމަށް ޕެލޯރަސްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ރިޒާ އީވީއަށް ބުންޏެވެ. އޭނާ ބުނީ ދިމާވި ކުޑަ ކަމަކާ ގުޅިގެން ޕެލޯރަސް ދުވަސްކޮޅަކަށް މެދުކެނޑުމަށްފަހު އަލުން ހުޅުވޭއިރު ބައިމިލިޔަނަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ކަމަށާ، މިފަހަރު ޕެލޯރަސް “ވަރަށް ޔުނީކް” ވާނެކަމަށެވެ.

ޕެލޯރަސް ހުޅުވަން ތައްޔާރުވެފައި

އޭނާބުނީ ކުރިއާ ހިލާފަށް ޕެލޯރަސްގެ މިފިހާރައިން މޭކަޕް ކުރާ އޮރިޖިނަލް ސާމާނާއި، ކޮސްމެޓިކްސްގެ ވަރަށް ޔުނީކް އައިޓަމްތަކާއި، ގާމެންޓްސްގެ ވަން ޕީސް އައިޓަމްތަކުން ފިހާރަ ފަޅުފިލުވާލާފައިވާ ކަމަށެވެ.

“ވަރަށް ތަފާތު ވާނެ އިނގޭތޯ. ދުރުވެ ބައްލަވާލެއްވީމާ ކޮންމެ ބޭފުޅަކަށްވެސް އެނގޭނެ ވަރަށް ބޮޑު ތަފާތެއް ކުރީގެ ޕެލޯރަސް އާ މިހާރުގެ ޕެލޯރަސްގެ އެބަހުރިކަން، އެއީ އައިޓަމްތަކަށް ބެއްޔަސް، ކޮލިޓީއަށް ބެއްޔަސް މިކޮލިޓީ މިރަށަކުން ނުލިބޭނެ. ހަމަ ނުލިބޭނެ އިނގޭތޯ” ރިޒާ ބުންޏެވެ.

ޕެލޯރަސް ހުޅުވަން ތައްޔާރުވެފައި

ރިޒާ ވިދާޅުވީ ޕެލޯރަސް ހުޅުވުމާއެކު އެކުންފުނީގެ އަނެއް ފިހާރަ ކަމުގައިވާ “އެޓް ފަސްޓް” އާ ގުޅިގެން ވަރަށް ހާއްސަ ޕްރޮމޯޝަނެއްވެސް ހަފްތާއެއްހާ ދުވަސްތެރޭގައި ފެށޭނެކަމަށާ، އަގުހުރި އިނާމްތައް މީގެތެރޭގައި ހިމެނޭނެކަމަށެވެ.

އޭނާ ބުނީ ކުންފުނީގެ އިތުރު ފިހާރައެއް ވަރަށް އަވަހަށް އޭދަފުށީގައި ހުޅުވުމަށް ވިސްނަމުންދާކަމަށެވެ.

ޕެލޯރަސް ހުޅުވަން ތައްޔާރުވެފައި

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top