ވެސްޓް ވިންގްގެ އާދަޔާޚިލާފު ހަދިޔާ

18882047_1046540932161551_3572046325233840138_n.jpg

ވެސްޓްވިންގ ގެ ފަރާތުން މުސްހަފްތައް އޭދަފުށީ ކައުންސިލާ ހަވާލު ކުރަނީ - ފޮޓޯ :ވެސްޓްވިންގ

އޭދަފުށީ ހުޅަނގުއަވަށުގެ ޒުވާނުންކޮޅެއް ގުޅިގެން މިއަހަރު ކުރީކޮޅު އުފެއްދި ވެސްޓްވިންގ ޖަމިއްޔާގެ ފަރާތުން އޭދަފުށީ މިސްކިތްތަކަށް މުސްހަފްތަކެއް ހަދިޔާ ކޮށްފިއެވެ.

އޭދަފުށީ ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޖަމިއްޔާގެ ފަރާތުން ހަދިޔާ ކޮށްފައިވަނީ 50 މުސްޙަފެވެ.

މުސްހަފްތައް ހަވާލުކުރުމުގެ ގޮތުން އޭދަފުށީ ކައުންސިލްގައި ބޭއްވީ ޚާއްސަ ރަސްމިއްޔާތެއްގައި އޭދަފުށީ ކައުންސިލްގެ ފަރާތުން މުސްހަފްތަކާ ހަވާލުވެފައިވަނީ ކައުންސިލްގެ ރައީސް ތަލާލު އަބްދުއްރަހްމާން އެވެ. ވެސްޓްވިންގގެ ފަރާތުން ހަދިޔާ ކުރި މުސްހަފްތައް ހަވާލުކުރެއްވީ ވެސްޓް ވިންގްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު އަބްދުލް ފައްތާހު އެވެ.

ވެސްޓް ވިންގް ޖަމިއްޔާއަކީ ކުރިން ހުސް ސޮގުންގެ ނަމުގައި އޭދަފުށީ ހުޅަނގު އަވަށުގެ ޒުވާނުން ކޮޅަކަށް ނިސްބަތްވާ ގްރޫޕެކެވެ. އެ ޖަމިއްޔާ ރަސްމީކޮށް އިފްތިތާހް ކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ.

ވެސްޓްވިންގ ގެ މި އާދަޔާ ޚިލާފު ހަދިޔާއަކީ އެހެން ޖަމިއްޔާތަކުންވެސް ބަލައިގަންނަން ރަނގަޅު ނަމޫނާއެކެވެ. އަދި މިއީ އެޖަމިއްޔާގެ ޒުވާން މެންބަރުންގެ ހިތްތަކުގައި އަޅުކަމާ ދީނާމެދު ހުރި ލޯބި ވަރަށް ރަނގަޅަށް ރަމްޒުކޮށްދިން ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top