ސްކޫލްތަކާއި އޮފީސްތަކުގައި އުޅޭއިރު މާސްކު އަޅަން އަންގަވައިފި

XFx5Z3pFB14KA002FRtAe7rh62EKOvJbjhLgvQT1.jpg

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުން ދާތީ ސްކޫލްތަކާއި އޮފީސް ފަދަ ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ )އިން އަންގައިފިއެވެ.

މީގެ އިތުރުންވެސް ސިއްހީ ހިދުމަތްދޭ ތަންތަނުގައި އަބަދުވެސް މާސްކު އަޅައިގެން އުޅުމަށާއި ކޮވިޑްގެ އެއްވެސް އަލާމަތެއް ހުރިނަމަ މާސްކު އަޅާ، ގޭގައި އެކަހެރިވެ ވީހާވެސް އަވަހަކަށް ޓެސްޓު ކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޖޫން މަހުގެ ދެ ވަނަ ހަފްތާއާ އަޅާ ބަލާއިރު ޖޫން މަހުގެ ތިން ވަނަ ހަފްތާގައި ކޮވިޑް ކޭސްތައް 185 އިންސައްތަ އިތުރުވެފައިވާކަމަށާއި މިމަހުގެ މިހާތަނަށް ކޮވިޑް ބަލީގައި ފަރުވާ ދެމުން ދިޔަ ތިން މީހަކު ނިޔާވެފައިވާކަމަށެވެ.

މިދުވަސްވަރަކީ ޗުއްޓީތަކާއި ދިމާވެ ގިނަ ބަޔަކު ރާއްޖެތެރެއާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ދުވަސްވަރަކަށް ވުމާ އެއްވުންތަކާ ހަފްލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސް ވަރަކަށް ވާތީ މާސްކު އަޅައިގެން އުޅުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށްވެސް އެ އެޖެންސީން އަންގަވައެވެ.

ގިނަ މީހުން އެެއްވާ ތަންތަނާ ބަންދު ތަންތަނުގައި އަދި ހައި ރިސްކް މީހުނާއި ކުދިން ގިނައިން އުޅޭ ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އަންގަވައެވެ.

ރާއްޖޭގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅެއް އުވާލައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި އުވާލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top