މިމަހު އެކެއްގެ ފަހުން އޭދަފުއްޓަށް ދިޔަ މީހުން ކަރަންޓީނުވާން އަންގައިފި

175997435_1928663070620992_4979395249087645493_n-p64kctqjxbw8gwlxzzvskchddof7brnp0u3iyvxqpc.jpg

އޭދަފުށީގައި ކޮވިޑް ސާމްޕަލް ނަަގަނީ -- ފޮޓޯ: ބ. އަތޮޅު ހޮސްޕިޓަލް

އޭދަފުށިން ކޮވިޑް ގެ ގިނަ ކޭސްތަކެއް ފެނިފައިވާތީ މި މަހު އެއްވަނަ ދުވަހުގެ ފަހުން އޭދަފުއްޓަށް ދަތުރުކޮށްފައިވާ މީހުން ކަރަންޓީން ވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އޭދަފުށިން ކޯވިޑް-19ގެ ކޭސްތަކެއް ފެނިފައިވާތީ މިމަހުގެ އެއްވަނަ ދުވަހުގެ ފަހުން އެ ރަށުން އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އެ ރަށަކަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން އަންގާ ކަމަށެވެ. އަދި އެ ރަށަށް ދަތުރު ކޮށްފައިވާނަމަ އެކަން އެމީހަކު ހުރި ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އަންގަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

ކަރަންޓީންވާ ފަރާތްތަކުން އާންމު ތަންތަނަށް ނުކުންނަން ވާނީ 10 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްކަން ޔަގީންވުމުން ކަމަށާ އެ ފަރާތްތައް ކޮވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން ހަމަޖައްސާނެ އެވެ.

މީގެ އިތުރުން 10 މާރިޗްގެ ފަހުން އޭދަފުށިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފުލޫ ކުލިނިކު، ހުޅުމާލޭ ފުލޫ ކުލިނިކު އަދި ވިލިމާލޭ ފުލޫ ކުލިނިކަށް ގޮސް ސާމްޕަލް ނެގުމަށްވެސް އެޗްޕީއޭއިން ވަނީ އަންގަވާފަ އެވެ.

މިހާރު އޭދަފުށީގައި އުފެދިފައިވާ ކްލަސްޓާއިން 37 މީހަކު ވަނީ ކޮވިޑަށް ޕޮސިޓިވް ވެފައެވެ. އަދި ނެގި ސާމްޕަލްތަކުގެ ތެރެއިން 392 ސާމްޕަލް ނެގެޓިވްވެފައިވެ އެވެ.

މިހާތަނަށް އެ ރަށުން ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 452 ސާމްޕަލެވެ.

ކޯވިޑް-19ގެ ކޮމިއުނިޓީ ޕްރެޑު މިވަގުތު އޮތް ރަށްރަށުގެ ތެރޭގައި އޭދަފުށީގެ އިތުރުން ޅ. ނައިފަރު، އދ، މާމިގިލި، ކ. ހުރާ، ދިއްފުށި، އއ. މަތިވެރި އަދި ތ. ވޭމަންޑޫ ހިމެނެ އެވެ. އަދި ކޮވިޑް ކޭސްތަކާއި ގުޅިގެން 20 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top