ޑރ.ޒިޔާދުގެ ނަސޭހަތް : މުސްލިމުންގެ ބޭނުންތައް ފުއްދައިދިނުމުގެ މަތިވެރިކަން

DSCN1986.jpg

عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قالَ: (مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيْهِ، وَمَنْ سَلَكَ طَرِيقًا يَلْتَمِسُ فِيْهِ عِلْمًا سَهَّلَ اللهُ لَهُ طَرِيقًا إِلَى الْجَنَّةِ، وَمَا اجْتَمَعَ قَومٌ فِي بَيْتٍ مِنْ بُيُوتِ اللهِ يَتْلُونَ كِتَابَ اللهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلَّا نَزَلَتْ عَلَيْهِمُ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَحَفَّتْهُمُ الْمَلاَئِكَةُ, وَذَكَرَهُمُ اللهُ فِيمَنْ عِنْدَه، وَمَنْ بَطَّأَ بِهِ عَمَلُهُ لَمْ يُسْرِعْ بِهِ نَسَبُهُ).رواه مسلِمٌ

މާނައީ: މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. “މުއުމިނެއްގެ ކިބައިން ދުނިޔޭގެ ހިތާމަތަކުގެ ތެރެއިން ހިތާމައެއް، ފިލުވައިދީފި މީހަކަށް، މާތްﷲ ޤިޔާމަތްދުވަހު އެމީހެއްގެ ހިތާމަތަކުގެ ތެރެއިން ހިތާމައެއް ފިލުވައި ދެއްވާނެތެވެ. އަދި ދަތިޙާލުގައިވާ މީހެއްގެ މައްޗަށް ފަސޭހައެއް ކޮށްދީފިމީހަކަށް، މާތްﷲ އެމީހަކަށް ދުނިޔެ އާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާހުއްޓެވެ. އަދި މުސްލިމެއްގެ އައިބެއް ފޮރުވައި ދީފި މީހަކަށް މާތްﷲ އެމީހާގެ އައިބުތައް، ދުނިޔެއާއި އާޚިރަތުގައި ފޮރުވައިދެއްވާ ހުއްޓެވެ. އަދި އަޅަކު އޭނާގެ މުސްލިމު އަޚާއަށް ވާގިވެރިވެ އެހީތެރިވާހައި ހިނދަކު، އެ އަޅަކަށް ވާގިވެރިވެ އެހީތެރިކަމުގައި މާތްﷲ ވޮޑިގެން ވެއެވެ. އަދި ޢިލްމެއް ޙާޞިލުކުރުމަށް މަގެއް އިޚްތިޔާރު ކޮށްފި މީހަކަށް، ސުވަރުގެ ދިއުމަށް މަގެ މާތްﷲ ފަސޭހަކޮށްދެއްވާނެތެވެ. އަދި މާތްﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި ބަޔަކު މީހުން ކީރިތި ޤުރުއާން ކިޔެވުމަށާއި، އެ އުނގެނުމަށް،  އެއްވެއްޖެނަމަ، އެބައެއްގެ މައްޗަށް މަޑުމޮޅިކަމާ މާތްﷲގެ ރަޙުމަތްފުޅު އެބައިމީހުންގެ މައްޗަށް ބާވައިލެއްވޭހުއްޓެވެ. އަދި މާލާއިކަތުން އެބައިމީހުން ވަށައިލައި، މާތްﷲގެ ޙަޟްރަތުގައިވާ މަލާއިކަތުންގެ މެދުގައި އެބައިމީހުންގެ ޛިކުރު މާތްﷲ ކުރައްވައެވެ. އަދި އެމީހަކު ކޮށްއުޅޭ ޢަމަލަކުން އެމީހާ ފަހަތައް ޖައްސައި ފަސްކޮށްފި މީހަކު، އެ މީހާގެ ނަސަބުގެ މޮޅުކަމެއް، އެމީހަކާއިގެން ކުރިއަރައި ނުދާހުއްޓެވެ.”

ޙަދީޘުންލިބިގަންނަވިފިލާވަޅު

  • މުސްލިމުންގެ ބޭނުންތައް ފުއްދައިދިނުމުގެ މާތްކަން
  • ހިތާމައިގަވާ މީހުންނަށް އެހީތެރިކަން ފޯރުކޮށދިނުން
  • މީހުން ފަޟީހަތް ކުރުމުގެ ނުބައިކަން
  • ޢިލްމު ޙާޞިލްކުރުމުގެމާތް ކަން
  • މިސްކިތުގައި ވަގުތު ހޭދަކުރުމުގެ މާތްކަން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top